English Edition
Dhivehi Edition

ޕޯސްޓު އޮފީހުގެ ނަމުގައި ފޭކް މެސެޖެއް ދައުރުވާން ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ޕޯސްޓުގެ ނަމުގައި ފޭކު މެސެޖެއްގެ ގޮތުގައި ފޮނުވަމުން ދަނީ ޕެކޭޖަށް ޑެލިވަރީ ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބުނެ ކަމަށެވެ.

މިގޮތުން އެޑްރެސް ކަށަވަރުކުރުން ލިންކެއް ދީފައިވާއިރު، އަނެއްކާ ވެސް ޑެލިވަރީ ކުރަން މަސައްކަތް ކުރާނެ ކަމަށް އެ މެސެޖުގައި ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

މިއީ ސައްހަ އެސްއެމްއެސްއެއް ނޫން ކަމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ކުރާ މި އެސްއެމްއެސްގައި ވާ ލިންކުތަކަށް ނުވަންނަން އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ ކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.