English Edition
Dhivehi Edition

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި “އެކްސަރސައިޒް ބެލެންސް މެޓަލް 19-01” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ހިނަގެވި އެކްސަސައިޒް ނިންމުމުގެ ގޮތުން މިމަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު އެވެ.

އެމެރިކާ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލްފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލްފޯސަސްގެ ސިފައިންނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ 01 އިން 22 އަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯރސަސް، މެރިންކޯރ އަދި ކޯސްޓްގާޑްގެ ސިފައިން ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝާމިންއާއި އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރުންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވި ދެ ޤައުމުގެ ސިފައިން ވެސް ބައިވެރިވެފައި ވެއެއެވެ.