Cathay Pacific ge chief executive officer adhi chief commercial officer isthiufaa dheefi - AO News Cathay Pacific ge chief executive officer adhi chief commercial officer isthiufaa dheefi

ކޮވިޑް 19ކަވަރޭޖް

5,931,674CONFIRMED
2,595,924RECOVERED
2,973,137ACTIVE
362,613DEATHS
1513CONFIRMED
242RECOVERED
1,269ACTIVE
5DEATHS
ކެތޭ ޕެސިފިކްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި ޗީފް ކޮމާޝަލް އޮފިސަރވެސް އިސްތިއުފާދީފި
9 މަސް ކުރިން

ހޮންކޮންގ އެއަރލައިން، ކެތޭ ޕެސިފިކްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ރުޕަޓް ހޮގް މަޤާމުން އިސްތިއުފާދީފިއެވެ.

Advt

Advertisement

މަޤާމުން އިސްތިއުފާ ދީފައިވަނީ ހޮންކޮންގުގައި ކުރިއަށްދާ މުޒާހަރާތަކުގައި ކެތޭ ޕެސިފިކްގެ ބައެއް މުވައްޒަފުން ބައިވެރިވުމުގެ ޝަކުވާއާއެކު، އެކުންފުނީގައި މައްސަލަތަކެއް އުފެދިފަވާ ދަނޑިވަޅެއްގައެވެ. އަދި ހޮންކޮންގ ގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ކެތޭ ޕެސިފިކްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިވިން އެއަރޕޯޓްތަކަށް ވަނުމާއެކު ކެތޭ ޕެސިފިކްގެ އެތައް ފްލައިޓްތަކެއްވެސް ވަނީ ކެންސަލްކޮށްފައެވެ.

ކެތޭ ޕެސިފިކްގެ ޗީފް ކޮމާޝަލް އޮފިސަރވެސް ވަނީ އިސްތިއުފާދީފައެވެ. ކެތޭ ޕެސިފިކްގެ ބައެއް މުވައްޒަފުން މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާގައި ބައިވެރިވާ ކުރޫއިން ތިބޭ ފްލައިޓްތައް ޗައިނާއަށް ދަތުރުކުރުން މަނާކުރާނެކަމަށް ޗައިނާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގ ގެ އިޤްތިޞާދަށްކުރާ ނޭދެވޭ އަސަރުތަކުގެ ގެއްލުން ކެތޭ ޕެސިފިކްއަށް ކުރާނެއެވެ. އެގޮތުން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ، ކެތޭ ޕެސިފިކް ބޭނުންކުރާ ފަސިންޖަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ.