ވިއްސާރައިގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް
6 މަސް ކުރިން
އަޙްމަދު

ރޭއްސުރެން ފެށިގެން އައްޑޫސިޓީއަށް ކުރަމުންގެންދާ ވިއްސާރައިގައި އައްޑޫގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންވެއްޖެއެވެ.

Advt

ރޭ ދަންވަރު 3:41 ގައި  އައްޑު އަށް 51 މޭލު ބާރު މިނުގައި  ވައި ޖެހިފައިވާ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.  ދަންވަރު ޖެހުނު ގަދަ ވައިގައި އެކި ގޭގޭގެ 24 ގެ އެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advt

Advertisement

އައްޑު އަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް، ސިފައިންނާއި ފުލުހުން އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގުޅިގެން އެހީތެރކަންފޯރުކޮށްދެމުން އަންނަ އިރު އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 118 ނުވަތަ 6886771 މިނަމްބަރަށް ގުޅުމަށް އެފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ވިއްސާރައިގައި، އައްޑޫގެ ހުރިހާ އަވަށްތަކުން އެކި ގޭގޭގެ ފުރާޅު އެއްލާލައި ގަސްތައް ވެއްޓިފަ ވެ އެވެ. އަދި ބައެއް ގޭގޭގެ އަށް ފެން ވަދެ، އައްޑޫގެ ގިނަ މަގުތަކުގައި ވަނީ ހިނގައިބިނގާ ނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފައެވެ.

ވިއްސާރައާއި ވުމާ ގުޅިގެން މިހާރު ވަނީ އަޟްހާ އީދުގެ ބައެއް ހަރަކާތްތައް ވެސް ފަސްކޮށްފައެވެ.