English Edition
Dhivehi Edition

މިނިވަން ކަޕް 2019 ގައި ޒެލޯން އާއި މަލްޓި ޖީނިއަސް ސިޓީ ބައްދަލުކރި މެޗު 06 ލަނޑު 04 ލަނޑުން ޒެލޯން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މި މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ މޮޅު ކުޅުމެއް ފެނިފައިވާއިރު މި މެޗުގައި މަލްޓި ޖީނިއަސްެގެ އީމާން ނަޒީރު ވަނީ އެ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޝަންވީލް ގަސީމް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެ ޓީމުން ވަނީ މެޗުގެ ލީޑް ނެގުމަށް މަސައްކަތްކޮށްފައެވެ.

މިއަދު މެޗުގައި ޒެލޯންގެ އަހްމަދު ޒައުލް ނާޒިމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ މި މެޗުގައި އެ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އަހްމަދު އަޒްމީލް، މުހައްމަދު އަޒަމް އަދި އަހްމަދު ނާދިރު ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެލޯންގެ ޒައުލް ނިޒާމް އެވެ.