English Edition
Dhivehi Edition

ރިސޯޓް ބޯއިސް އާއި ޒެލޯން ބައްދަލުކުރި މެޗި ތަފާތު ބޮޑު ނަތީޖާއަކުން ރިސޯޓް ބޯއިސް އިން ކާމިޔާބުކޮށްފިއެވެ.

މިރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނިޓްގައި ޒެލޯން ގެ އަހްމަދު އަޒްމީލް ކާމިޔާބުކޮށްދިންއިރު ރިސޯޓް ބޯއިސްއިންވަނީ ފުރަތަމަ ހާފްގައިވެސް ތިން ލަނޑު ޖަހާ މެޗުގެ ލީޑް ނަގާފައެވެ. ރިސޯޓް ބޯއިސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފްގައި ފެނިގެން ދިޔައީ ޒެލޯން އަށް އެ ޓީމް ނުހިފެހެއްޓިގެން ދިޔަ މަންޒަރެވެ.

މިރޭގެ މެޗުގައި ރިސޯޓް ބޯއިސް ގެ ހަސަން ޔާސިރު އަދްނާން އާއި އަލީ ހާފިޒް ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ހުސައިން އީމާންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ހަފީޒްއެވެ.

މިރޭގެ މޮޅާއެކު ކުޅުނު އެއްވެސް މެޗަކުން ރިސޯޓް ބޯއިސް ބަލިވެފައިނުވާއިރު ދެން ކުޅޭ މެޗެއްގައި އެ ޓީމް ބައްދަލުކުރާނީ އެމްއެންޑީއެފް އާއެވެ. އެއަށްފަހު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕޮލިސް ޓީމާއި ބައްދަލުކުރާއިރު ދެން ޒެލޯން އިން ކުޅޭ މެޗެއްގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް ސިޓީ އާއެވެ