English Edition
Dhivehi Edition
ދޫނިދުއަށް ގެންދިއުމަށްޓަކައި އަދީބު ލޯންޗަށް އަރުއްވަން ތައްޔާރުވަނީ / ފޮޓޯ: ސޯޝަލްމީޑިއާ

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނެވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު، ހައްޔަރުކޮށްގެން ގެން ދޫނިދޫއަށް ގެންގޮސްފިއެވެ.

އަދީބު ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލި މަގުމަތީގައި، ފުލުހުން އޭނާ ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ކަމަށް ބުރެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.

އަދީބު އިންޑިިއާއިން އަނބުރާ މާލެ ގެނެސް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގަނޫނާ ހިލާފަށް ކަނޑައަޅާ އޭނާ ބަންދުކުރެވެން ނެތް ކަމަށް އަމުރުކޮށްފައެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަތިން އެގޮތައް ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރު ކުރެވޭނީ އެންމެ ހާލަތެއްގައި ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރާ މީހާ ހުރީ ދިވެހި ދިދަ ޖެހި، ރާއްޖޭގެ ރަޖިސްޓްރީ އޮތް އުޅަނދަކަށް ވާ ނަމަ ކަމަށް ގަޒީ ވަނީ ވިދާޅުވެފައެވެ. އަދީބު ހައްޔަރު ކުރި އިރު ޓަގު ބޯޓުގައި ހުރި ކޮން ގައުމެއްގެ ދިދައެއްތޯ އަދި އެއީ ރާއްޖޭގެ އުޅަނދެއްތޯ ސުވާލު ކުރުމުން އައިއޯ ވިދާޅުވީ، އެ އުޅަނދުގައި ހުރީ އިންޑިއާގެ ދިދައެއް ކަމަށާއި އެ އުޅަނދަކީ ރާއްޖޭގެ އުޅަނދެއް ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ ގަޒީ ނިންމެވީ އަދީބު ހައްޔަރު ކޮށްފައި ވަނީ ގަނޫނާ ހިލާފަށް ކަނޑައަޅާ އޭނާ ބަންދު ކުރުމުގެ އަމުރު ނެރެން ނުފެންނަ ކަމަށެވެ. ނަމަވެސް އަނެއްކާވެސް ފުލުހުން ވަނީ މިއަދު ހެނދުނު 6:37 އެހާކަށްހާއިރު އަދީބު ހައްުޔަރުކޮށްފައެވެ.

މިއަދު އަދީބު ހައްޔަރު ކުރި އިރު، ޕާސްޕޯޓު ނެތި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގެ އިތުރުން ޖިނާއީ ކުށަކަށް އިއުތިރާފުވެ، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ މައްސަލައެއް ވެސް އަދީބުގެ މައްޗަށް އެބައޮތެވެ.

ޓަގް ބޯޓެއްގައި ފިލައިގެން ދިއުމުން އިންޑިއާގެ ސަލާމަތީ ބާރުތަކުން އަދީބު ހިފަހައްޓާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރު ކައިރިން މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނެވެ. އެއަށް ފަހު ދިވެހި ފުލުހުންނާ އޭނާ ހަވާލު ކުރީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.