މިނިވަން ކަޕް 2019 ގައި ރިސޯޓް ބޯއިސް އިން ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މިރޭ ހުޅުދޫ ދަނޑުގައި ކުޅުނު މި މެޗުގައި މަލްޓި ޖީނިއަސް ސިޓީ އާއި ބައްދަލުކޮށް ރިސޯޓް ބޯއިސް އިން މި މެޗު ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. ދެ ޓިމްގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ ފަނަރަވަނަ މިނިޓްގައި އަލީ ހާފިޒް (އައްޔަ) ނަގައިދިން ހުރަހެއް ގޯލަށް އަމާޒުކޮށް އިބްރާހީމް އަސްވަދު (ގަބޭ) ކާމިޔާބުކޮށް ދިން ލަނޑެކެވެ. މެޗުގެ އަށާރަވަނަ މިނިޓްގައި ރިސޯޓް ބޯއިސް ގެ އައްޔަ އެ ޓީމަށް އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްދީފައިވާއިރު މަލްޓި ޖީނިއަސް އިން ވަނީ ލަނޑެއް ކާމިޔާބުކުރުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ ދެ ވަނަ ހާފްގެ ދެވަނަ މިނިޓްގައި ރިސޯޓް ބޯއިސް އިން އިތުރު ލަނޑެއް ކާމިޔާބުކޮށްފައިވާއިރު އެ ހާފްގެ ތިންވަނަ މިނިޓްގައި ރިސޯޓް ބޯއިސް އަށް ހެދުނު ގޯހެއް ގެ ސަބަބުން މަލްޓި ޖީނިއަސް އަށް ލިބުނު ޕެނެލްޓީ އެ ޓީމުންވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި ދެ ޓީމުންވެސް ވަރުގަދަ ހަމާލާތަކެއް އުފައްދާފައިވާއިރު މަލްޓި ޖީނިއަސްގެ ހަތަރު ނަންބަރު ކުޅުންތެރިޔާ ހަސަން ލައުހް އަށް ވަނީ ރަތް ކާޑެއް ވަނީ ދައްކާފައެެވެ. އަދި އެ ޓީމްގެ ފައުލްތައް ގިނަވެ ފަސް ފައުލް ހަމަވުމުން ރިސޯޓް ބޯއިސްއަށް ޕެނެލްޓީ އެއް ލިބިފައިވާއިރު މި ޕެނަލްޓީ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ރިސޯޓް ބޯއިސް އިން ޖެހި ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ގަބޭ އެވެ.މަލްޓި ޖީނިއަސްގެ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިލް އިބްރާހީމްއެވެ
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓް ބޯއިސްގެ ގަބޭއެވެ.