English Edition
Dhivehi Edition

ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ފައިސާ ޖަމާވިކަން 2017 ވަނަ އަހަރު ފާހަގަ ކުރެވުނު ކަމަށް ދައުލަތުން މިއަދު ހެއްކެއްގެ ގޮތުގައި ހުށަހެޅި އެއީ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދުވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި މުއައްވިޒް ވިދާޅުވީ ޔާމީންގެ މަނީ ލޯންޑާކުރިކަމަށް ފާހަގަވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކަށް ލިބެންޖެހޭ ފައިސާ އެސްއޯއެފަށް ދިޔަ މައްސަލަ ބަލަމުންދަނިކޮށް ކަމަށެވެ.

“އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައިގައި ސްޓޭޓްމަންޓް ހޯދަން އިސްލާމިކް ބޭންކުން ހޯދަން އުނދަގޫވި. ނަމަވެސް ރައީސް އޮފީސް މެދުވެރިކޮށް ސްޓޭޓްމަންޓް ވަނީ ހޯދާފައި. އަދި ފަހުން އެމްއައިބީއިން އެ ސްޓޭޓްމަންޓް ފޯރުކޮށްދިން ” އޭނާ ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ އެސްއޯއެފްގެ އެކައުންޓަށް ވަތް ކަމަށާއި އަދި ރައީސް ޔާމީންގެ އެކައުންޓަށް އެ ކުންފުނިން ޖަމާކުރި ފައިސާ އަކީ ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް އޭސީސީއަށް ގަބޫލުކުރެވޭ ކަމަށް ރައީސް ޔާމީންއަށް ދެންނެވި ކަމަށެވެ.

އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމާއި، އެއީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ވެސް މުއައްވިޒް ގެ ހެކިބަހުގައި ވަނީ ވިދާޅުވެފައެވެ.

މުއައްވިޒް ވިދާޅުވީ އޮކްޓޯބަރު 2013 ގައި ދެ ފަހަރެއްގެ މަތިން 500،000 ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާވެފައިިވާ ކަމަށެވެ.