English Edition
Dhivehi Edition

މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައި އިއުލާން ކޮށްފިއެވެ.

ދެންމެ ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ޓެކްސީ ފެއާރ ބޮޑުކަމަށް އާންމު އާންމު ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރު ތަކާއި ޓެކްސީ ޑްރައިވަރުން އަދި އަދި އާންމު ރައްޔިތުން ގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ޚިދުމަތް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ އޮތޯރިޓީގެ އިއުލާނުގައި ވާގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ވަކި ރޭޓުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން
މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރުކުރާ އަގު ކަމަށްވާ -/25 ރުފިޔާ

މާލެ-ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

ހުޅުލެ-މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

ހުޅުމާލެ-ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ

ހުޅުލެ-ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ

މާލެ-ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

ހުޅުމާލެ-މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

އަދި މި އަގުތަކުގެ އިތުރަށް ޓެކްސީ ތަކުގެ ޑިކީއަށް އަރުވާ އެއްޗެހިން އިތުރަށް ލާރި ނެގުން އެ އޮތޯރިޓީން މަނާކުރިއެވެ.