English Edition
Dhivehi Edition

މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުލުﷲ ޝާހިދު، އެމަނިކުފާނު ފޮރިން މިނިސްޓަރ ގެ މަގާމާ ހަވާކުވިފަހުން 19 ޤައުމަށް ދަތުރުކޮށްފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅު ތަކުގެ ތަފްސީލު ހާމަކުރަށްވަމުން ވިދާޅުވީ މިހާތަނަށް 19 ޤައުމަށް ރަސްމީ ދަތުރުކޮށް 7 ޤައުމެއްގެ ރައީސުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި އަދި 6 ޤައުމެއްގެ ބޮޑުވަޒީރުންނާއި ބައްދަލުކުރަށްވާފައިވާ ކަމަށެވެ. އަދި 33 ޤައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ޤައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ހައްގު ޝަރަފާއި އިޙްތިރާމާއި ޤަދަރު ހޯދުމަށް މަސައްކަތްކުރަށްވާފައިވާ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ފޮރިން މިނިސްޓްރީގެ ބަޖެޓުން ޙަރަދުވެފައިވަނީ 7.5 މިލިއަން ރުފިޔާ ކަމަށެވެ.