ރާއްޖެއާއި ޖަޕާނާ ދެމެދު ސީދާ ދަތުރު ކުރުމުގެ ހުއްދަ ސްރީލަންކަން އަށް ދިނުން ރަނގަޅުތޯ؟
3 މަސް ކުރިން
ޝާން މުޙައްމަދު

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަވަށްޓެރި ސްރީލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ އެޤައުމުން ނުދީ އޮއްވާ އައްޑު އަތޮޅު ގަމަށް ދަތުރުކުރުމުގެ ހުއްދަ ސްރީލަންކަންއަށް ވަނީ ދިފައެވެ. ނަމަވެސް އަނެއްކާވެސް އިވިގެން މިދިޔައީ ސްރީލަންކަން އެއާލައިނުން ރާއްޖެ އާއި ޖަޕާނާ ދެމެދު ސީދާ ދަތުރު ކުރުމުގެ ހުއްދަ ދިން އަޑެވެ. މީގެކުރިން ރާއްޖެ އާއި ޖަޕާނާ ދެމެދު އުދުހުމުގެ ހުއްދަ ސްރީލަންކަން އަށް ނުދީވަނީ ހިފައްޓާފައިވެއެވެ. އެއީ ޤައުމީ އެއާލައިން މޯލްޑިވިއަނަށް އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރުކުރުމުގެ ހުއްދަ އެޤައުމުން ނުދީ އޮތުމާ ގުޅިގެންނެވެ.

ރާއްޖެއާއި ކޮލަމްބޯ ރޫޓަކީ އިޤްތިސާދިގޮތުން ވަރަށްވެސް ތިޔާގި ރޫޓެކެވެ. ރާއްޖެ ޒިޔާރަތްކުރާ އެތަކެއް ފަތުރުވެރިން ޓްރާސިޓް ކުރާ ރޫޓެކެވެ. މިކަމުގެ އެއްވެސް ފައިދާއެއް ދިވެހި ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން އަށް ނުކުރާތާ ފައިދާގެ މިންވަރެއްވެސް ނުލިބެއެވެ. ކޮލަމްބޯ އަށް ޝެޑިއުލް ދަތުރުކުރުމަށް މޯލްޑިވިއަނުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަލުން އެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރާކަން ނުވަތަ ދޫނުކުރާކަމެއް ނޭގެއެވެ.  ނަމަވެސް އެނގޭ ކަމަކީ އެރޫޓްގެ ފައިދާ، ރާއްޖެ އަންނަ އެތައް ލައްކަ ފަތުރުވެރިން ގެނެސްގެން، ނަގަނީ ބޭރުގެ އެއާލައިންތަކުން ކަމެވެ.

Advt

Advertisement

އެމިރޭޓްސް އެއާލައިން ގެ ތާރީޚު އެނގޭ ބަޔަކަށް އެނގޭނީ ޕާކިސްތާން އެއާލައިންގެ ދެ ފުލައިޓް ކުއްޔަށް ނަގައިގެން އުޅުން އެމިރޭޓްސް އަކީ ދުނިޔޭގައި އެންމެ ވަރުގަދަ އެއާލައިން އަށް ވެވުނީ މި ރާއްޖެ އަށް ޔޫރަޕްގެ ފަތުރުވެރިން ގެނެސްގެން ކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފައިދާއެއް ނެގިބަޔަކީ ހަމަ އެ އެމިރޭޓްސް އެއާލައިސް އޭ ބުނުން ހަމަގައިމުވެސް ދޮގަކަށް ނުވާނެއެވެ. އޭރު އެފައިދާ ވެސް ދިވެހިން ހިއްސާވާ ކޮމްޕެނީ އަށް ނުނެގުންކަން ފާހަގަކޮށްލެވެއެވެ.

މަޖުބޫރު ހާލަތުގައި ނުމެނޫނީ ބޭރުގެ ބަޔަކު މިފަދަ ބޮޑު މަންފާއެއް ނެގުމުގެ ފުރުސަތު ނުދެއެވެ. ދިވެހި ރާއްޖެގެ ޤައުމީ އެއާލައިން މޯލްޑިވިއަން ކުރިއެރުވުމަށް މިފަދަ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ވެހޭތާ ފެން ނަގާން ވިސްނާށެވެ.