English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) އިން އިއްޔެ ހިއްސާ ވިއްކަން ފަށައިފި އެވެ. ޖުލައި 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުން ހުޅުވިފައި އޮންނާނެ އެވެ.

އެމްއައިބީ އިން މިހާރު ވިއްކަމުން ދަނީ އިނީޝިއަލް ޕަބްލިކް އޮފަރިންގެ (އައިޕީއޯ) ގެ ދަށުން އާއްމުންނަށް ވިއްކާ ހިއްސާ އެވެ.

އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް އަކީ 2010 ވަނަ އަހަރު ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއް ގޮތަށް ހިންގާ ފުރަތަމަ ބޭންކެވެ.

އެމްއައިބީ އިން ބުނީ އެ ބޭންކުގެ 31 އިންސައްތަ ހިއްސާ ވިއްކާލަން ހަމަޖެހިފައިވާ ކަމަށާއި އެއީ 6.9 މިލިއަން ރުފިޔާ ކަމަށެވެ. އެ ބޭންކުން ބުނީ ކޮންމެ ހިއްސާއެއް ވެސް ގަނެވޭނީ 35 ރުފިޔާއައް ކަމަށާއި އެންމެ މަދުވެގެން ގަނެވޭނީ 20 ހިއްސާ ކަމަށެވެ.

ބޭންކުން ބުނީ ހިއްސާތައް ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.