އިލެކްޝަންސް ކޮމިޝަން ގައި ތިއްބަވަނީ ސައިންސުވެރިން
2 މަސް ކުރިން
ޝާން މުޙައްމަދު

އިލެކްޝަންސް ކޮމިޝަނުގައި ތަންތަނަށް އެއްވާ މީހުން ގުނޭނޭ ސައިންޓިފިކް ގޮތްތައް ހޯދޭނޭ ފެންވަރުގެ ބޭފުޅުން ތިއްބަވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

“ތަންތަނަށް އެއްވާ މީހުންވެސް ގުނޭނެ ސައިންޓިފިކް ގޮތްތަށް ހޯދޭނެ ފެންވަރުގެ ސައިންޓިސްޓުން އީސީ ގައި ތިބޭނެ” ޝަރީފް މިއަދު ކުރެއްވި ޓްވީޓް

Advt

Advertisement

ޝަރީފް މިގޮތައް ޓްވީޓް ކޮށްފައި މިވަނީ ބައެއް ސިޔާސީ ބޭފުޅުން އީސީ ބަދުނާމުވާގޮތަށް ވާހަތާއް ދައްކަވަމުން ދެންދާތީ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުލްﷲ ޔާމީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ގަބޫލުކުރައްވަން ދަތިވާކަމަށް ވެދާޅުވެފައެވެ.

ޝަރީފް ވަނީ ޔާމީންގެ މި ވާހަކަތަކަށް ޖޯކު ޖައްސަވާފައެވެ. އެގޮތުން ޝަރީފް ޔާމީންގެ މި ވާހަކަތަކަށް ވިދާޅުވީ މިއީ ކުރުވާހަކަ މުބާރާތެއްގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އެމަނިކުފާނަށް ގެންދަވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިއުން އަމާޒުވަމުން ނެވެ. މީގެ އެއް ސަބަބަކީ މިހާރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އެވެ.