English Edition
Dhivehi Edition

އައްޑޫ މެޑިސިޓީ ގެ ސަސްޕެންޝަން މިއަދުން ފެށިގެން އުވާލުމަށް ނިއްމަވާފައިވާ ކަމަށް އާސަންދައިން ހާމަކޮށްފިއެވެ.

ސަސްޕެންޝަން އުވާލުމުގެ ގޮތުން އާސަންދައިން ނެރެފައިވާ ސާރކިއުލާގައިވާ ގޮތުން، 02 ޖުލައިން ފެށިގެން އައްޑޫ މެޑިސިޓީން ވަގުތީ ގޮތުން ސްކީމްގެ ޚިދުމަތް ފޯރުކޮށް ދިނުމުން ކުރެވުނު ސަސްޕެންޝަން 26 ޖުލައި 2019 އިން ފެށިގެން އުވާލުމަށް ނިއްމަވާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ސަސްޕެންޝަން އުވާލުމުން އައްޑޫ މެޑިސިޓީގެ ހުރިހާ ޚިދުމަތްތަކަށް ކުރިއެކޭވެސް އެއްގޮތަށް ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. ނަމަވެސް މިމުއްދަތުގެ ކުރިން،ސަސްޕެންޝަން މުއްދަތުގެ ތެރޭގައި ދޫކުރެވިފައިވާ އެއްވެސް ރިކްއިޒިޝަނަކަށް ސްކީމްގެ ދަށުން ޚިދުމަތް ނުދެވޭނެކަމަށްވެސް އާސަންދައިގެ ސާރކިއުލާރގައި ވެއެވެ.