English Edition
Dhivehi Edition

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫސިޓީގެ ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހިތިގަސްދޮށުގެ، ޢަބްދުﷲ އަޒުހީން (25އ) އެވެ.

ޢަބްދުﷲ އަޒުހީންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުންގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.