English Edition
Dhivehi Edition

ޑިޕްރެޝަން.،އެންޒައިޓީ،ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިޒޯޑަރ އަދި ޕެނިކް އެޓޭކްސް މިއިން ކޮންމެވެސް މައްސަލައެއް ދިމާނުވާ އަންހެނަކު މަދުވާނެއެވެ. އާންމު ގޮތެއްގައި ދިިރިއުޅުމުގައި ދިމާވާ ކަންކަމުން އަދި ދިމާވާ ކަންކަން ހައްލުނުވެގެން އެހެން ނޫނީ ދަރީން ލިބިމަށްފަހު އެ ދަރީންގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓިގެން، ނޫނީ ބެލެހެއްޓޭ ގޮތާމެދު ޝައްކު އުފެދިގެން މިއަދު ވަރަށް ގިނަ އަންހެނުން ދަނީ ނަފްސާނީ ގޮތުން އަންސްޓޭބަލް ދިރިއުޅުމެއް ހޭދަކުރަމުންނެވެ.

ދާދި ފަހުން “ޗެނަލްމަމްޑޮޓްކޮމް” އިން ވަނީ މައިންގެ މެދުގައި މިކަމާބެހޭގޮތުން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބުނާގޮތުން %85 އަންހެނުން ނަށްވަނީ އެންޒައިޓީ އަދި ނަފްސާނީ މައްސަލަތަކާ މާބަނޑު ދުވަސް ވަރު އަދި ވިހެއުމަށްފަހު ވެސް ދިމާވެފައެވެ.

މި ދިރާސާގައި ބައިވެރި ވި ބައެއް އަންހެނުން ބުނެފައިވަނީ އެމީހުން ބަލިވެއިން ދުވަހުން ފެށިގެން ޑޮކްޓަރުން މިމައްސަލަތަކާ ބެހޭ މައުލޫމާތު ދީ މިކަންކަމުން ދުރުކޮށްދިނުމަށް އެހީވެފައި ވާކަމަށެވެ. ދިރާސާގައި ބުނެފައިވަނީ ކޮންމެ 10 އަންހެނަކުން 3 އަންހެނަކަށް ޕެނިކް އެޓޭކްސް އާ ކުރިމަތިލާންޖެހުނުކަމަށެވެ. އަދި ބައެއް މީހުންނަށް އެކިކަހަލަ ސްޓްރެސް ތަކާ ކުރިމަތި ވިއެވެ.

ބައިވެރިންގެ ތެރެއިން%23 އަންހުންނަށް ޕެނިކް އެޓޭކްސް އާ ކުރިމަތި ވެފައިވަނީ ދަރިން ލިބި އެދަރިންބެލެހެއްޓުމުގް ކަންތައް ތަކުގެ ތެރޭގައެވެ. އަދި ބައެއް ބައިވެރިންނަށް މި މައްސަލަތައް ދިމާވެފައިވަނީ ދިރިއުޅުމުގައި ދިމާވާ ހާސްކަމާއި ކަންބޮޑުވުންތައް އެހެން މީހަކު ކައިރީ ނުބުނެ ހުރުމުގެ ސަބަބުން ނާއި މިފަދުގެ މައްސަލައެއް ކުރިމަތި ވެފައި ހުންނައިރު އެކަމުން އަރައިގަތުމަށް ބެސްފަރުވާ ކުރަންޖެހޭ ވަގުތު ދަރިފުޅު އެހެން މީހެއްގެ ބެލުމުގެ ދަށަށް ގެންގޮސްފާނެ ކަމުގެ ބިރުއޮޮތުމާއެކުއެވެ.

މިދިރާސާގައި ބައިވެރިވީ ބައެއް މީހުން ބުނެފައިވަނީ ބައެއްފަހަރު އެމީހުންނަށް އެމީހުންގެ ދަރީން ރަނގަޅަށް ބެލެހެއްޓޭކަމާއި މެދު ޝައްކު އުފެދޭކަމަށެވެ. އެހާހިސާބުން އަބަދު އެކަމާ ވިސްނާ ނޭވާ ހާސްވެ، ރޮއެ ހިތާމަކުރާކަމަށެވެ.

މިދިރާސާގެ %22 އަންހެނުން ބުނެފައިވަނީ ދިރިއުޅުމުގައި ކަންކަން ރަނގަޅަށް ނުވެގެންނާއި ދަރިންގެ ކަންކަން ފުރިހަމައަށް ނުވެގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވާނެކަމަށެވެ.

މިދިރާސާ އަށްފަހު “ޗެނަލްމަމްޑޮޓްކޮމް” ގެ ސައިކޮލޮޖިސްޓް އެމާ ބުނެފައިވަނީ މަތީގައި ބަޔާންކުރެވުނު ފަދަ އެއްވެސް ކަމެއް ކުރިމަތިވެފައިވާ މީހެއްނަމަ އެމީހަކު އެ އުޅޭނީ ވަރަށްވެސް ވޭންދެނިވި ދިރިއުޅުމެއްގައި ކަމަށެވެ. އެހެން ކަމުން އެފަދަ މީހުން ދަނެގަނެ ވާހަކަދައްކާ، އަޅާލާ، ލޯބިދީ، ވިސްނައިދީ އަދި މެންޓަލް ހެލްތް ޓްރެއިނިންގ ދޭންވާނެއެވެ. އަދި މިއިން އެއްވެސް ފަރުވާއަކުން އެމީހަކަށް އަސަރެއް ނުކުރަންޏާ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކާ ސައިކެޓްރިސްޓެއްގެ އެހީ ހޯދަންވާނެއެވެ.

މިފަދަ ކަންކަމަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް ދިމާވާ ކަންކަމެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މުޖްތަމައުގައި މިކަންކަމަށް ހޭލުންތެރި ފެވައި ތިބޭމީހުން ވަރަށް މަދެވެ. ނަމަވެސް ތިއިން އެއްވެސް ބޭފުޅަކަށް އެއްވެސް މީހެއްގެ ކިބައިން މިނުރައްކާތެރި ބަލީގެ އަސަރެއް ފެނިއްޖެނަމަ ލަސްނުކުރައްވާ އެހީތެރިވެ ދިނުން ވަރަށްވެސް ބުއްދިވެރިއެވެ.