English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީހުން ވަގަށް ނަގާފައި ވަނީ ލިޔެކިޔުންތަކެއް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލްގެ އޮފީހަށް ވަދެފައި ވަނީ އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އެމްޕީއެލްގެ މައި އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރޭ 9:45 އެހާކަންހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތެއް ފުލުހުން ދީފާއެއް ނުވެއެވެ. އެމްޕީއެލް އިން ވިދާޅުވީ އެ އިދާރާގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ލިޔެކިޔުންތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްޕީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ނަގާފައިވާ ލިޔެކިއުންތަކަކީ މުޙިއްމު ލިޔެކިޔުންތަކެއް ނޫނެވެ.