English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މާދަމާ ޓީވީއެމް އިން ލައިވްކޮށް ދައްކަން ތައްޔާރުވެއްޖެއެވެ. ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

މާދަމާ ލައިވްކޮށް ދައްކާ މި ޝަރީއަށް ވެގެން ދާނީ މިގޮތައް ދައްކާ ފުރަތަމަ ޝަރީއަތަށެވެ. މީގެ ކުރީގައި ރޭޑިއޯއިން ވެސް ވަނީ ޝަރީއަތެއް ލައިވްކޮށްފައެވެ. އެއީ ނޮވެމްބަރު 3 ގެ ޝަރީޢަތެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ޝަރީއަތްތައް ލައިވް ކުރުމަށް ފުރުސަތު ލިބެ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. މިހާރު ކުރިށް ދަނީ މިމައްސަލާގައި އިބްތިދާއީ އަޑުއެހުންތަކެވެ. ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.