English Edition
Dhivehi Edition

ތަކުރާރުކޮށް އާއިލާއަށް މަރުގެ އިންޒާރު ދެމުން ދިޔަ އައްޑޫ ސިޓީ ހުޅުދޫ މީހަކު 10 ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓަން މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.

މައުލޫމާތުު ލިބިފައިވާގޮތުގައި މިމީހާއަކީ ތަފާތު އެކި ބާވަތްތަކުގެ ކުށުގެ ރިކޯޑް އޮތްމީހެކެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުލައި 16 ވަނަ ދުވަހު މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއިލާއަށް މަރުގެ އިންޒާރުދީ ކުޑަކުދިންވެސް ހިމެނޭ ގޮތަށް އާއިލާގެ އެންމެންނަށް ބިރު ދައްކަމުން ދިއުމުގެ ސަބަބުންނެވެ.

ދާދިފަހުންވެސް އައްޑޫ ސިޓީ މީދޫ މީހަކު މަންމައަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދިއުމާއި ގުޅިގެންވަނީ، ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބަހައްޓަން މީދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.މި މީހާގެ މައްސަލަ ތަހުގީގުކޮށް މިހާރު ޕީޖީ އޮފީހުން ވަކިގޮތެއް ނިންމަންދެން މީނަ ހުރީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ.