އޭޝިއާ ވަންގައި ރިޕޯޓްކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފައިވަނީ ކޮންމެދުވަހަކު ރޭގަނޑު 7 އިން 10 ޖަހަންދެން ރުއިމުން ބަރުދަން ލުއިވެގެންދާނެ ކަމަށެވެ. މިދިރާސާގައި ބުނެފައިވަނީ މީހާދެރަވެ ރުއިމުން ހަށިގަނޑުގައި ހުންނަ ފެޓްސް ވިރިގެންދާނެކަމަށެވެ.
ރުއިމުން ހަށިގަނޑުގައި ހުންނަ ކޯޓިސޯލް ހޯމޯންސް އިތުރުވެގެން ދާއިރު މި ހޯމޯން ގިނަވުމުން ހަށިގަނޑުގައި ހުންނަ ފެޓްސް ވިރިގެންދާނެކަމަށާއި މީގެ އިތުރުން މީހަކު ދެރަވެގެން ރޮއެފިނަމަ ކަރުނައިން ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ބޭރުވެގެން ދާނެކަމަށްވެސް ދިރާސާހެދި ބަޔޯކެމިސްޓް ވިލިއަމް ފްރޭ ބުނެފައި ވެއެވެ.
އަރާމް ކުރާވަގުތު ކާޑިއެކް މަސްލްއިން ގާތްގަނޑަކަށް ގަޑިޔަކު 8 1/2 ކެލޮރީސް ހަށިގަނޑުން އަންދާލަ ދެއެވެ. އަދި ކަންކަމާ ދެރަވުމުންވެސް ހިތުގެ ވިންދު އަވަސްވު މުގެ ސަބަބުން ކާޑިއެކް މަސްލްއިން އެތައް ކެލޮރީސް އެއް އަންދާލަދެއެވެ. އެހެން ކަމުން ރުއިމުން ހަށިގަނޑުން ފެޓްސް ވިރުމަށް އެހީވެއެވެ. މިދިރާސާގައި ބުނެފައިވަނީ ރޮއެގެން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލަން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު 7 ކުން 10 ޖެހުމާދެމެދުއެވެ. ސަބަބަކީ މިގަޑިޔަކީ ކޯޓިސޯން ހޯމޯން ހަށިގަނޑުގައި އުފައްދާގަޑި އަކަށްވުމެވެ.
ހަމަ ހުރެލާފައި ރުއިމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާއިރު ކަމަކާ ހިތާމަކޮށް ރޮޮވޭނަމަ ހަމަޖެހިލައިގެން ރޯލާށެވެ. ހަށިގަނޑުން ފެޓްސް ވިރިގެންދާނެއެވެ.
އެހެންނަމަވެސް މާގިނައިން ރޮވޭނަމަ އެއީ ޑިޕްރެޝަންގެ އަލާމާތެކެވެ. ޑިޕްރެޝަން އާކުރިމަތިވެ އަބަދު ރޮއެހަދާމީހުންގެ ކެއުމާ ދުރަށްދެވެއެވެ. މިކަމުގެ ސަބަބުން މީހާގެ ހަށިގަނޑު ހިކި އަނަރޫފަވެއެވެ. މިގޮތަށް ދިމާވަންޏާ ޑޮކްޓަރަކަށް ދައްކާ އަވަހަށް ފަރުވާ ހޯދަންވާނެއެވެ.