މާފުށީ ޖަލުން ފިލައިގެންދިޔަ ގައިދީއަކު އަތުލައިގެންފި
3 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

މާފުށީ ޖަލުން ފިލައިގެން ދިޔަ ގައިދީއަކު ހޯދައި އަނބުރާ ޖަލަށް ގެންގޮސްފައި ވާކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޖުލައި 12 ވިލޭރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރ އިން ގައިދީޔަކު ފިލާފައިވާ ކަމަށާއި އޭނާ ހޯދާ ހެނދުނު 6:55 ގައި ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައި ކަމަށެވެ.

Advt

Advertisement

މީގެއިތުރުން އެޓްވީޓްގައި ބުނެފައިވަނީ ، ފިލިގަިއދީ ހޯދަން ފުލުހުންގެ އިތުރުން މާފުށީ ރައްޔިތުން ކުރިމަސައްކަތް ފާހަނގަ ކޮށް އެ ފަރާތުން ލިބުނު އެހީތެރިކަމަށް ކަރެކްޝަންސް އިން  ޝުކުރު އަދާ  ކުރައްވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީ ފިލާފައިވަނީ ޑޮކްޓަރަށް ދެއްކުމަށް އޭނާ ގޮޅިން ނެރުމުން މެޑިކަލް ސެންޓަރު ތެރެއިންނެވެ. ކަރެކްޝަންސް އިންބުނީ ގައިދީ ހޯދާފައިވަނީ ކަނޑުމަތިންނެވެ.