English Edition
Dhivehi Edition

ތަހުޤީގަށް ހާޒިރުވާން އެންގުމުން ހާޒިރުވާނެ ކަމަށާއި ތަހުޤީގަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާޔަން މިހެން ވިދާޅުވީޕީއެސްއެމް އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑެތި ޚިޔާނާތްތަކުގެ ތަހުގީގަށް ޝާޔަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން ޝާޔަން ވިދާޅުވެފައި ވަނީ އޭނާ ފިއްލަވައިގެން ނޫޅުއްވާ ކަމަށެވެ. އަދި އޭސީސީއިން އެ މައްސަލައިގައި އެންމެ ފަހުން ގުޅާފައިވަނީ އެޕްރީލް މަހުގައި ކަމަށާއި އޭގެ ފަހުން އެ މައްސަލަ އާއި ގުޅިގެން އޭސީސީއިން ގުޅާފައި ނުވާކަމަށެވެ.ޝާޔަން ހާޒިރުކޮށް ދިނުމަށް އޭސީސީން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވަނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގުމަށެވެ.

ޕީއެސްއެމްއިން ބޭއްވި މޯލްޑިވިއަން އައިޑޮލްއާ ގުޅޭ އެކި ކަންކަމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވާއިރު އޭރު މި ޕްރޮގްރާމް ރާވާ ހިންގުމުގައި ޝާޔަން އިސްކޮށް އުޅުއްވިއެވެ.

ޕީއެސްއެމާ ގުޅޭ ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށްދޭން ހުށަހެޅީ ޕީއެސްއެމްގެ މިހާރުގެ މެނޭޖްމެންޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި އޭސީސީން ބުނެފައިވަނީ، ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އެންގުމުން ވެސް ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެމްބަރަކު އެއްބާރުލުން ދެއްވާފައި ނުވާ ކަމަށެވެ.