English Edition
Dhivehi Edition

ރައްޔަތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމްއިން ތެޔޮ ގަތުމަށް ފަހު އެސްޓީއޯއަށް ނުދައްކާ ހުރި، 19 މިލިއަން ރުފިޔާގެ މައްސަލަޔާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް ހޯދައި ހައި ކޯޓާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަމްރު ވިދާޅުވީ ގެއްލިފައިވަނީ މެރީޑިއަމްއިން ދައްކަން ޖެހޭ 19 މިލިއަން ރުފިޔާއާ ގުޅޭ ޕްރިންޓެޑް ލިޔެކިޔުންތައް ކަމަށާއި އެ ލިޔުންތަކުގެ އަސްލު ކޮމްޕިއުޓަރު ސިސްޓަމްތަކަކުން ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ހައިކޯޓާ ހަވާލުކޮށް މައްސަލަ ނިންމައި ދިނުމަށް އެދިފައިވާނެކަމަށް އަމްރު ވިދާޅުވިއެވެ.

އެ މައްސަލައިގައި އެސްޓީއޯއިން ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ގެއްލިގެން ހައިކޯޓުން އެ މައްސަލަ ވަކި ގޮތަކަށް ނިންމާފައިނުވާއިރު އަމްރު ވިދާޅުވީ މެރީޑިއަމް އަށް ދޫކުރި ތެލުގެ ލިޔެކިއުންތައް ގެއްލުނީ ފުނަދޫގައި ހުއްޓައި ކަމަށާއި އޭރު އެތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށެވެ. މީގެ އިތުރުން އަމްރު ވިދާޅުވީ އެ މައްސަލަ ހައިކޯޓްގައި ނުނިމި ގިނަ ދުވަސްވަމުން އަންނާތީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށެވެ.

މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގައެވެ، ނަމަވެސް އޭރު އެ މައްސަލަ އާއި ގުޅޭ ގޮތުން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހެޅިފައިނުވާތީ ކޯޓުންވަނީ އެ މައްސަލައިގައި އެސްޓިއޯ އަށް ފައިސާދޭން ހުކުމް ކުރެވެން ނެތްކަމަށް ނިންމާފައެވެ،.