English Edition
Dhivehi Edition

މީދޫ ދާއިރާގެ އެމްޕީ ރޮޒައިނާ އާދަމް ގެ އެހީތެރިކަމާ އެކު އެސްޓީއޯގެ މެނޭޖްމެންޓާ ގުޅިގެން މީދޫޗޭނު ޖަމިއްޔާގެ އެދުމުގެ މަތިން ޝަރީފީ ޕްރީސްކޫލްގެ ބާ ފުރާޅު ބަދަލުކޮށްފިއެވެ.

އެމްއީސީ ހިންގާ ކޮމިޓީގެ ފަރާތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ، އެމްއީސީގެ ފަރާތުން ޖަލްސާއަކަށް އެ ސްކޫލަށް ދިޔަދިޔުމެއްގައި އެތާނގެ ފުރާޅު ބާވެ ވަރަށް ބޮޑަށް ހަލާކު ވެފައިވާތީ އެމަންޒަރު ފެނުމުން އެދުވަހުން ފެށިގެން އެ ޖަމްއިއްޔާގެ ފަރާތުން ދިޔައީ ފުރާޅު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން އެމްއީސީން މަސައްކަތް ކުރަމުންދާތާ އެއް އަހަރުވީއިރުވެސް މިމައްސަލަ ހައްލުކުރެވޭނެ އަލިމަގެއް ނުފެނުމުން ޖަމިއްޔާއިން ދާއިރާގެ އެމްޕީ ރޮޒެއިނާ އާ ބައްދަލުކޮށް މިކަމާބެހޭ ގޮތުން މަޝްވަރާތައް ކޮށްފައިކަމަށް ކޮމިޓީގެ ފަރާތުން ބުންޏެވެ. “އަޅުގަނޑު މެން އެމްޕީއަށް މިމައްސަލަ ހައްލުކޮށް ދިނުމަށް އެދުނީ. އެމްޕީ އަޅުގަނޑުމެންގެ އެދުމަށް އެސްޓީއޯގެ މެނޭޖްމެންޓްއާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވި. އަދި އެމްޕީވެސް އެބައްދަލަ ވުމުގައި ބައިވެރިވެ ވަޑައިގަތްކަން ފާހަގަ ކޮށްލަން. ޓިނު ލިބުމާއެކު އެމްއީސީ ގެ މި ޕްރޮޖެކްޓުން މީދޫގެ ދެ ކުންފުންޏެއް ކަމަށްވާ އަލްފާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އަދި ހޯމް ފިކްސް އިން އެބޭފުޅުންގެ ސީއެސް އާރު ގެ ދަށުން ހިލޭ ޓިނުބަދަލު ކުރުމުގެ މަސައްކަތް ކޮށް މިހާރުވަނީ ނިމިފައި” އެމްއީސީގެ ހިންގާ ކޮމިޓީގެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން އެމްއީސީ އިން ބުނީ، ޓިނުބަދަލު ކުރުމުގެ ޕްރޮޖެކްޓްގެ އަނެއް ފިޔަވަހީގެ ދަށުން އެ އިމާރަތުގެ ހަލާކުވެފައިވާ ސީލީނާއި އަދި ސްޓޭޖް ކްލާސްގެ ސީލީންގ އާކުރުމާއި، ފުރާޅުގެ ދިޔަދޮވިއާއި ފިލަ ހަރުކުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިމަސައްކަތަށް ބޭނުންވާ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކައިމޫޓްރެވެލްސް އެންޑް ހޮޓެލް ސާވިސް ޕްރައިވެޓް ލިމިޓެޑުންނާއި، ސ.މީދޫ ސައިމާ ސްޓޯރުގެ އެހީތެރިކާމާ އެކުުކަމަށް އެފަރާތުން ފާހަގަ ކޮށްފައި ވެއެވެ.

އެމްއީސީން ބުނީ އެޖަމްއިއްޔާގެ މިޕްރޮޖެކްޓްގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޖަމިއްޔާގެ ހުރިހާ ފަރާތްތަކުގެ ނަމުގައި ޝުކުރުދަންނަވާ ކަމަށާއި ވަކިން ހާއްސަކޮށް އެސްޓީއޯއިން ދެއްވި އެހީތެރިކަންފާހަނގަ ކޮށް އެސްޓީއޯގެ މެނޭޖްމެންޓަށް ޝުކުރުދަންނަވާ ކަމަށެވެ.

އެމްއީސީ އަކީ 2010ވަނަ އަހަރު މީދޫ ގެ ތަރައްގީއަށް މަސައްކަތް ކުރުމަށްޓަކައި އުފެއްދި ޖަމްއިއްޔާއެކެވެ. މިޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ކުރީގެ މީދޫ އޮފީސް އަދި ކޯޓް ހިންގި އިމާރާތް ކަމަށްވާ “ކާޑުގެ” މަރާމާތުކޮށް އާސާރީ އިމާރާތް ހިމާޔަތްކޮށް ލައިބްރަރަރީ އަކަށް ބަދަލުކޮށްފައެވެ. ކާޑުގެ މަރާމާތު ކުރުމުގެ އެހީތެރިކަން އެމްއީސީ އަށް ދެއްވީ ޝަންގިރިއްލާ ރިސޯޓުންނެވެ.

1 ކޮމެންޓް
ހުސައިން އިބްރާހިމް
ޖުލައި 2, 2019
ސޯ.ކޮބާ އެމް.ޕީ.މިކަމުގައި ކުރި ކަމަކީ.ހަމައެކަނި މީޓިންގ ފިކްސްކޮށްދިނީ ދޯ.ދެން ބާކީ އެސް.ޓީ.އޯ.އިން ޓިނު ދިނީމާ، ތިޔަ ރަށުގެ އަލްފާ ސޮލިއުޝަންސް ޕވޓ އަދި ހޯމް ފިކްސް އިން ނޫންތޯއެވެ.ދެން އެމް.ޕީ.ޕްރޮމޯޓް ކުރަން ތިޔަ ނޫހާއި ތިޔަ ބުނާ ޗޭނު ޖަމްޢިއްޔާއިން ކުރާ މަސައްކަތް ހުއްޓާލަންވީ ނޫންތޯޢެވެ.