އުތުރު ކޮރެއާގެ ލީޑަރަށް އެމެރިކާއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު އަރުވައިފި
4 މަސް ކުރިން
ޝާން މުޙައްމަދު

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖުން އުން، އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު އަރުވައިފި އެވެ. ޓްރަމްޕް ކިމް އަށް މި ދައުވަތު އެރުވީ އެދެބޭފުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ބައިކުރި ސަރަހައްދުން ބައްދަލު ކުރައްވައިފައެވެ.

ޓްރަމްޕް އުތުރު ކޮރެޔާއަށް ވަޑައިގެންނެވި އިރު މިއީ އެމެރިކާގެ ވެރިކަމުގައި ހުރެ އެމެރިކާގެ ރައީސަކު އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

Advt

Advertisement

ޓްރަމްޕް އާއި ކިމް މީގެ ކުރިން 2 ފަހަރެއްގެ މަތީން ވަނީ ބައްދަލުކުރަށްވާފައެވެ. މިފަހަރުގެ ބައްދަލުކުރެއްވުން އެއްގަޑިއިރަށް ދިގު ދެމިގެންދިޔައިރު ދެބޭފުޅުންގެ މި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެކޮރެއާ ބައިކުރި ސަރަހައްދީ ރޮނގު ހުރަސްކޮށް ނޯތު ކޮރެއާ އަށް ޒިޔާރަތް ކުރުމަކީ އެމަނިކުފާނަށް ހާއްސަ ޝަރަފެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ. އަދި މިއަދަކީ މުޅި ދުނިޔެއަށްވެސް ރަނގަޅު ދުވަހެއް ކަމަށެވެ.