English Edition
Dhivehi Edition

މި އަހަރުގެ އޫރީދޫ”ކަލަ ރަން” ކާމިޔާބު ކަމާ އެކު އައްޑޫގައި ކުރިއަށް ގެންގޮސް ނިންމާލައިފިއެެވެ.

އިއްޔެ ހަވީރު 16:00 ން 18:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު އަހުމަދު މަހްލޫފާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އައްޑޫގެ ރައްޔަތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ކަލަ ރަންގައި ގާތްގަނޑަކަށް 2،000 މީހުން ބައިވެރިވެފައިވެއެވެ. ހިތަދޫ ރަސްމީ ބޯޅަދަނޑު ސަރަހައްދުން ފެށި މި ދުވުމުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު، އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އުންމީދު ކުރި ވުރަށްވުރެ ބޮޑު ތަރުހީބެއް މި ދުވުމަށް އައްޑޫއިން ލިބިފައިވާކަމަށެވެ.

އުރީދޫ އިން އައްޑޫގައި އަލަށް ކަލަ ރަން ބޭއްވި ނަމަވެސް މިދިޔަ ދެ އަހަރުވެސް އެ ކުންފުނިންވަނީ ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ކަލަ ރަން އާއި ގުޅިގެން އޫރީދޫއިން ގިނަ ހަރަކާތްތަކެއް އައްޑޫ ގައި ބާއްވަމުން އަންނައިރު މިއަދު އޫރީދޫ އިން “ޓްވިޓްސާފް” ންނާ ގުޅިގެން އައްޑޫ ސާފު ކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އައްޑޫގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާފުކުރުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:00ގައެވެ.