English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޖޫންމަހުގެ 19 އިން 30 އަށް “ޔޫ.އެފް.އާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް”ގެ ނަމުގައި ބޭއްވަން ހަމަޖެހިފައިވާ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް ވާން ބޭނުންވާ މީޑިއާތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް ވުމުގެ ޝައުގުވެރިކަން ހުރި މީޑިއާތަކުން 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެފް.އޭ.އެމް އަށް ޕްރޮޕޯޒަލް ހުށައެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯޅަ އެސޯސިއޭޝަން (ޔޫ.އެފް.އާ) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ މި މުބާރާތުގައި ސައުދީ އަރަބިއްޔާ، ބޫޓާން ، ލެޓްވިއާ އަދި ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމް ބައިވެރިވާނެއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ ވިދާޅުވީ ޖުލައި މަހުގެ 18 ވަނަ ދުވަހު މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން އިހްސާން ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށެވެ. މީގެ އިތުރުން އިހްސާން ވިދާޅުވީ މިމުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.