English Edition
Dhivehi Edition

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓުގެ ހޯސްޓް ސިޓީއަކަށް އައްޑޫސިޓީ ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލް އިން ބުނެފިއެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ.

މިމުބާރާތް އައްޑޫސިޓީގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލާއި، އެފްއޭއެމް، ޔޫތު މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް، ،ޑަބްލިއުޑީސީ، އެމްޕީއެލް، އެޗްއާރުއެޗް އަދި އެމްޕީއެލްގެ އިސްވެރިން ވަނީ މުބާރާތުގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ މައުލޫމާތު ދެއްވި ގޮތުގައި ޖުލައި މަހުގެ 18 ވަނަ ދުވަހު މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން އިހްސާން ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށެވެ. މީގެ އިތުރުން އިހްސާން ވިދާޅުވީ މިމުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.