English Edition
Dhivehi Edition

ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުންނެވި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިވާއިރު ފުލުހުން ވިދާޅުވީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ހާޒިރުވުމުން މިހާރު އޭނާ ހުރީ “ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި” ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ލުތުފީ އުޅުއްވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ލުތުފީ އިސްކޮށް ހުރެގެން ރާއްޖެއަށް ހަމަލާދީފައި ވަނީ ލަންކާގެ ހަނގުރާމަވެރިންނާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި އެތަށް ދިވެހިންނެއް ވަނީ ޝަހީދު ވެގެން ގޮސްފައެވެ.