English Edition
Dhivehi Edition

ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުންނެވި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ލުތުފީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ހާޒިރުވުމުން މިހާރު އޭނާ ހުރީ “ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި” ކަމަށެވެ.
ނަމަވެސް އޭނާ އަދިވެސް ހުރީ ލަންކާގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ލުތުފީ އުޅުއްވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ކަމަށް ވިދާޅުވެފައެވެ.