English Edition
Dhivehi Edition

ދަރުމަވަންތަ ހޮސްޕިޓަލް އެޅީ ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ކީއްވެގެންތޯ މިހާރު ބަލަމުން އަންނަ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ހައްލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެތަނުގެ ޕޭޝަންޓް ކެޕޭސިޓީ އައިޖީއެމްއެޗަށް ވުރެ ދަށް ކަން ހާމަކުރަށްވާފަ އެވެ.

ދުވާލެއްގެ މައްޗަށް އައިޖީއެމްއެޗަށް 4000 އަށް ވުރެ ގިނަ މީހުން ޑޮކްޓަށް ދެއްކުމަށް ޒިޔާރާތް ކުރި ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެވަރަށް ކެޕޭސިޓީ ނެތް ކަމަށް އަމީން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން ބިނާކުރި ހޮސްޕިޓަލެކެވެ.