English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލް ﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް މިއަދު ނެރެފިއެވެ.

މިއަދު ސްޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ ހިޔާނާތުގެ ކުށުގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ވަގުތީ އަމުރަކަށް އެދިފައި ވާތީ އެވެ.

ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްފިން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް މިވަގުތު ހުންނެވީ ހާއްސަ ހުއްދައެއްގެ ދަށުން، ބޭސްފަރުވާ އަށް އިންޑިއާގަ އެވެ. އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.