English Edition
Dhivehi Edition

ސ. މަރަދޫފޭދޫ ހާބަރ އަޕްގްރޭޑް ކުރުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސ، މަރަދޫފެދޫ ހާބަރ އަޕްގްރޭޑް ކުރުމަށްހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާރު، އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓްރ އަލްފާޞިލް އިބްރާހިމް ޒަމީރު އެވެ. އަދި މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޞިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ.

ސ. މަރަދޫފެދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް މިއަދު ހަވާލުކުރި މިކޮންޓްރެކްޓްގައި ކުރަންހަމަ ޖެހިފައިވާ މަސައްކަތުގެ ތެރޭގައި، 243 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުން، ނެރުބައްތި ޖެހުން، 42 މީޓަރު ގުރޯއިން، އެއްގަމު ތޮށްޓާއި އިންވެގެން 1300 ސްކެއަރ މީޓަރުގެ ޕޭވްމެންޓް ހެދުން، ބަނދަރު ސަރަހައްދުގައި ލައިޓްޖެހުން އަދި ބަނދަރުގައި ރޭމްޕެއް ހެދުން ހިމެނެއެވެ.

މިހާބަރ އަޕްގްރޭޑްކުރުމަށް 366 ދުވަހުގެ މުއްދަތެއް ދީފަައިވާއިރު މި މަޝްރޫއުގެ ޖުމްލަ އަގަކީ 31،685،368.85 ރުފިޔާއެވެ.