English Edition
Dhivehi Edition

ދެ ރަށެއްގެ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ހެލްތް މިނިސްްޓްރީން ނިއްމައި، އިމާރާތް ކުރުމުގެ މަސައްކަތް ޙަވާލްކޮށްފިއެވެ.

ނ.ވެލިދޫ އާއި ރ.އަލިފުށި ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިއްމައި ޢިމާރާތް ޑިޒައިން ކުރުން އަދި އެއް ރަށެއްގެ ހޮސްޕިޓަލުގެ އެކްސްޓެންޝަން ޑިޒައިން ކުރުމުގެ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީން ވަނީ މިއަދު ސޮއިކޮށްފައެވެ.

ވެލިދޫގެ ހޮސްޕިޓަލުގެ އިމާރަތް ޑިޒައިން ކުރުމާއި ބ.އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިން ވެސް ހަވާލު ކުރީ އެޕޮކް އެސޯސިއޭޝަނާ އެވެ. އަދި އަލިފުށީގައި ޤާއިމް ކުރާ ހޮސްޕިޓަލް އިމާރަތް ކުރަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.

ހެލްތް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މި ދެ ޞިއްޙީމަރުކަޒު ބަދަލުވެގެންދާނީ އެއްވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށެވެ. މިބަދަލާއި އެކު ، ވަކިވަކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް މިތަނުން ލިބިގެންދާނެއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާއަކީ ފާއިތުވި ކޮއްމެ ސަރުކާރެއްގައި ވެސް އެއްމެ ބޮޑު ގޮންޖެހުމާއި ކުރިމަތި ލާން ޖެހިފައިވާ ،ރައްޔިތުން އެއްމެ ފާޑުކިޔާ ދާއިރާއެވެ. ނަމަވެސް މިސަރުކާރުން ދަނީ މިފަދަ ފާޑު ކިއުންތަކަށް ބެލުމެއްނެތި މިދާއިރާ ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ.