English Edition
Dhivehi Edition
ޝައިމް ޢަބްދުﷲ-- ފޮޓޯ: ޕޮލިސް މީޑިއާ

ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.

ވީމާ ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.