English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޔުނައިޓެޑް އާއި އައްޑޫ ފްރޭންޑްސް އިން އިންތިޒާމުކޮށްގެން އައްޑޫގައި އަޟްޙާ އީދު އަތޮޅު ފެންވަރުގައި ފާހަނގަކުރުމަށް ނިންމާފައިވާކަމަށް އެ ދެ ޖަމިއްޔާއިން ބުނެފިއެވެ.

އައްޑޫ ފްރޭންޑްސްގެ ފަރާތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ޝަފްޤާ ޝަފީޤް ބުނީ އައްޑޫ ސިޓީ ގައި މިއަހަރުގެ އަޟްހާ އީދު ފާހަނގަކުރުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާކަމަށެވެ. މި ގޮތުން އައްޑޫ ސިޓީގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކާއި އެކު މިކަމާއި ގުޅޭ ބައްދަލުވުންތައް ވަރަށް އަވަހަށް ބާއްވާނެކަމަށް ޝަފްޤާ ބުންޏެވެ.ހަތަރު ދުވަހަށް ބަހާލައިގެން އައްޑޫ ސިޓީގެ ހުރިހާ ރަށެށްގައި އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި އީދުގައި ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުންދާކަމަށް ޝަފްޤާ ބުންޏެވެ.

މި ހަރަކާތާއި ބެހޭ ގޮތުން މުލިމަތި ޖަމިއްޔާއިން ބުނީ އަބަދުވެސް އެ ޖަމިއްޔާއިން އަޟްހާ އީދު ވަރަށް ކުލަ ގަދަކޮށް ފާހަނގަކުރަމުންދާ ކަމަށާއި މި އަހަރު އައްޑޫ ފްރެންޑް އާއި ގުޅިގެން ބާއްވާ މި ހަރަކާތް އެހެން އަހަރުތަކަށްވުރެ ފޯރި ގަދަވެގެންދާނެ ކަމަށެވެ. ” ރަށުގެ އެހެން ޖަމިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތައް ގުޅިގެން މި އަހަރުގެ އީދު ފާހަނގަކުރުމަށް ނިންމާފައި މިވަނީ. ” މުލިމަތި ޖަމިއްޔާއިން ބުންޏެވެ.