English Edition
Dhivehi Edition

ކޮންމެދުވަހަކު 15ގަޑި އިރުވަންދެން ވަޒީފާގައި މަސައްކަތް ކުރަމުންދިޔަ ޒުވާން އަންހެން ކުއްޖަކު މޮޔަވެ، ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ހޮންކޮންގް ގެ ރައްޔިތެއް ކަމަށްވާ ޖިޔާ 26އ ގެ ސިކުނޑިއަށް ޖެހުނު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މިދިޔަ މޭއި މަހު އެއްވަނަ ދުވަހުއެވެ.

ޖިޔާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނަ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރުވެސް އޭނަގެ ސިކުނޑީގައި އެނބުރުނީ އޭނާގެ މަސައްކަތުގެ ޒިންމާއެވެ. ޑޮކްޓަރ ބުނީ ޖިއާ ބަލިއެނދުގައި އޮތްއިރުވެސް ބުނަމުންދިޔައީ އޭނަ ނިންމަންޖެހޭ މަސައްކަތްތަކާއި ، އެމަސައްކަތް ނިންމަން ބޭނުންވާ ވާހަކައެވެ.

ޖިއާ މަރުވުމުގެ ކުރިން އޭނަގެ އާއިލާމީހުންވެސް އޭނައަށް ވަކިކުރަން ނޭނގޭ ކަމަށާއި ހޮސްޕިޓަލް އެނދުގައި އޮވެ ހަޅޭއްލަވާ ނުހިފެހެއްޓޭ ހިސާބަށް ދިޔުމުން އިންޖެކްޝަން ޖަހައިގެން ނިންދަވަންވެސް ޖެހުނުކަމަށް ޖިއާ ބެލި ޑޮކްޓަރ ބުނެފައިވެއެވެ.

ޖިޔާއަށް ޖެހިފައިވަނީ އިމިއުން ސިސްޓެމް ޑިސޯޑަރ އެވެ. ޖިޔާ އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފެކްޓްރީ އަށް ވަޒީފާއަށް ނައައުމުން ފެކްޓަރީގައި އުޅޭ އޭނަގެ ރަހުމަތްތެރިން އޭނާ ނުފެނިގެން ހޯދަނިކޮށް ފެނިފައިވަނީ ޝެންޒެން އިންނެވެ. ޖިއާގެ ރައްޓެހިންނާ ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައި ވާގޮތުގައި އެދުވަހު އޭނަ ފެނުނު އިރު އަމިއްލައަށް ކާއެއްޗެއްވެސް ނުކެވެއެވެ. އޭނަ ހުރީ ވަރަށް ބޮޑަށް މޮޔަވެފައެވެ. މީގެ އިތުރުން ރައްޓެހިން ކިޔައިދީފައި ވާގޮތުގައި އޭނަ އޭގެ އެއްދުވަސް ކުރިންވެސް ވަޒީފާގެ ބުރަކަމުގެ ވާހަކަވަ ވަނީ ދައްކާފައެވެ. ޖިއާ ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ އޭނަގެ ރަހުމަތްތެރިންނެވެ.

ހޮންކޮންގް ގައި ހިނގާފައި ވާ މިހާދިސާ ފުލުހުން ބަލާފައި ނުވާއިރު ދުނިޔޭގެ އެންމެ ގިނައިރު މަސައްކަތް ކުރުވާ އެއްގައުމުކަމަށް ހޮންކޮންގް ވަނީ ވެފައެވެ. މީގެއިތުރުން ޖަޕާން ޓައިވާން އަދި ސައުތުކޮރެއާވެސް ވަނީ މީހުންލައްވާ ގިނައިރު މަސައްކަތް ކުރުވާ ގައުމުތަކުގެ ލިސްޓަށް އަރާފައެވެ.

ފެކްޓަރީއެއްގެ އެޗްއާރު އަދި މާކެޓިންގ ދާއިރާގައި 15 ގަޑިއިރު މަސައްކަތް ކުރަމުން އައި ޖިޔާ މަސައްކަތަށްދަނީ ހެނދުނު 9ކުން ރޭގަނޑު 10 ޖަހަންދެން އެވެ. އޭނަގެ މަހު މުސާރައަކީ 1789 އެމެރިކާ ޑޮލަރެވެ.