English Edition
Dhivehi Edition

ދުނިޔޭގެ ގާތްގަނޑަކަށް 1.3 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެއެވެ. މިއީ ހެކަރުންނަށް ސްކެމްތައް ފަތުރާލަން ލިބިފައިވާ ބޮޑު ވިއުގައެކެވެ. އެމީހުން އެދަނީ އެމަސައްކަތާއިގެން ކުރިއަށެވެ. ފޭސްބު ބޭނުންކުރާ މީހުންގެ 1 އިންސައްތަޔަށް ސްކެމް ފަތުރާލެވުނަސް އެއީ 13 މިލިއަން މީހުންނަށެވެ.

އެކަކުވެސް މީގެ ސްކެމަކާއި އަޅާއިގެންފިނަމަ އޭނަގެ ފޭސްބުކް ރައްޓެހިންނަށް ފެތުރެއެވެ. ދެން ރައްޓެހިންގެ ރައްޓެހިންނަށް ފެތުރެއެވެ. ހުއްޓުމެއް ނޮއޮވެއެވެ. މީގެ ތެރެއިން ބައެއް ސްކެމް ތަކަކީ ނުރައްކާތެރި އެއްޗެއްސިއްނޫނެވެ. ދެރަކަމަކީ މީގެ ތެރެއިން ބައެއް ސްކެމް ވަރަށް ނުރައްކާތެރިކަމެވެ. ކޮންއެއްޗެއްކަން ރައްކާތެރީ ނުވަތަ ނުރައްކާތެރީ އެނގޭކަށް ނޮއޮވެއެވެ.

ބައެއް ސްކެމް އަމިއްލަޔަކަށް އެޕް ތައް އަޅާލައެވެ. އަދި އެ ޔޫޒާސްގެ މަޢުލޫމާތު ދަމައިގަނައެވެ. ނޫންނަމަ އޮޅުވާލައިގެން މަޢުލޫމާތު ހޯދައެވެ. މިޒާތުގެ ނިއުސްފީޑް ލިބޭނަމަ ވިސްނާށެވެ. ނޭގޭ ފީޑްތަކަށް ފިތާނުލާށެވެ. ތިރީގައި މިވާ ފަސްކަމަކުން ސަލާމަތްވާށެވެ.

1. “ފްރީ ގިވްއަވޭއިސް”

މިއީ ގިނަމީހުން އެންމެ ފަސޭހައިން އަޅައިގަންނަ ސްކެމް އެވެ. ބައިވަރު އިނާމުތައް ހުށަހަޅާނައެވެ. އޭގެ ތެރޭ ޓެބްލެޓްސް، ލެޕްޓޯޕްސް އަދި ސްމާޓްފޯން ހިމެނެއެވެ. ބައެއް މިޒާތުގެ ސްކެމް ތަކުން މިހާރު އައިފޯނު 6 ވެސް ހަދިޔާ ކުރަން އުޅެއެވެ. މިޒާތުގެ ކޮންމެ އެއްޗެއް ކާމިޔާބު ކުރުމަށް ފުރަންޖެހޭނީ ފޯމެކެވެ. ނުވަތަ ސާވޭ ޝީޓަކެވެ.
އެފޯމުތައް މެދުވެރިކޮށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދައެވެ. ބައެއްފަހަރު މެއިލް އެއްގެ ގޮތުގައި ސާވޭ ސްކެމް ލިބެއެވެ. އެއްމެ ބުއްދިވެރި ގޮތަކީ މިޒާތުގެ އެއްވެސް ސާވޭފޯމަކާއި އަޅާއި ނުގަތުމެވެ. އެއްވެސް ކުންފުންޏަކުން އެއްވެސް ޒާތެއްގެ ގިވްއަވޭއިސް ފޭސްބުކް މެދުވެރިކޮށް ނުދޭނެ ކަމަށް ހަނދާނުގައި ބަހައްޓާށެވެ. އެގޮތަށް ލިބުނަސް އެމީހުންގެ ސައިޓަށްވަދެ އެކަން ޔަޤީން ކުރާށެވެ.

2. “ވައިރަލް ވީޑިއޯސް”

މީހުން އެންމެ ޝައުގު ވެރިވާގޮތަށް އެމީހުން ފަތުރާލާ ވައިރަލް ވީޑިއޯ އަކީ ފަހުގެ މޮޅޮ ކޮންމެވެސް ގެޖެޓެއް ހޯދަލަން ހުށެހެޅޭ އެއޗިއްސެވެ. އެކަމަކު އެންމެ ގިނައިން ފަތުރާލަނީ ސެކްސީ ސެލެބްރެޓީންގެ ވައިރަލްއެވެ. ހަގީގަތުގައި މިއީ ވީޑިއޯއެއް ނޫނެވެ. މިޒާތުގެ ވީޑިއޯއަށް ފިތާލުމުން ފެންނާނެ މެސެޖަކީ ވީޑިއޯ ޕްލެޔާ އަޕްޑޭޓް ކުރުމަށް އަންނަ މެސެޖެކެވެ. ނަމަވެސް ހަގީގަތުގައި މިއީ ވައިރެސް އެކެވެ. މިވައިރެސް ފޭސްބުކް ހުރިހާ ރައްޓެހިންނަށް ފަތުރާލައެވެ.

މިކަމުން ސަލާމަތް ވަރަށް ފަސޭހައިން ވެވިދާނެއެވެ. ވީޑިއޯގެ ޓައިޓްލް ގޫގުލް ސާޗްގައި ޖަހައިގެން ކޮންއެއްޗެއްތޯ ފުރަތަމަ ބަލާށެވެ. ރަނގަޅު ނަމަ ޔޫޓިއުބް ލިންކެއް ފެންނާނެއެވެ. އެހެންނޫންނަމަ އެއީ ސްކެމް އަކެވެ. ފޭސްބުކް މެދުވެރިކޮށް އެއްވެސް އެއްޗެއް ޑަންއުލޯޑު ކުރަން ހުށަހަޅާނަމަ އެއީ ސްކެމް އެކެވެ. އަބަދުވެސް މިފަދަ ހުރިހާ އެއްޗަކަށް “ނޯ” ޖަހާށެވެ.

3. “ކަސްޓަމް ޕްރޮފައިލް”

ދެން އެންމެ އާއްމު ސްކެމަކީ ފޭސްބުކް ފެންނަގޮތް ނުވަތަ ކުލަ ބަދަލު ކުރަން ހުއްދަ ލިބިގެން އަންނަ ރިކުއެސްޓެވެ. މި މެދުވެރިކޮށްވެސް އެމަސައްކަތް ކުރަނީ ފޭސްބުކް އެޕެއް އިންސްޓޯލް ކުރަންވެގެންނެވެ. މިހިސާބުން ޒާތީ މަޢުލޫމާތުތައް ދަމައިގަނައެވެ. އަދި ފޭސްބުކު ރައްޓެހިންނަށްވެސް މަކަރު ހަދަން ފަށައެވެ.
ހަނދާނުގައި ބަހައްޓަންވީ ފޭސްބުކް ފެންނަގޮތް ބަދަލުކުރަން ކޮންމެހެން ހުއްދައެއް ބޭނުންނުވާނެކަމެވެ.

ކޮންމެ މީހަކަށްވެސް އެކަން އަމިއްލައަށް ކުރެވޭނެއެވެ. ނަމަވެސް އަމިއްލައަށް ފެންނަގޮތެވެ. އެހެން ފަރާތަކަށް އެބަދަލެއް ނުފެންނާނެއެވެ. ކަވާ ފޮޓޯ ބަދަލު ކުރުމާއި އަދި ޕްރޮފައިލް އެމީހަކު ބޭނުން ގޮތަކަށް ބަދަލު ކުރެވޭނެއެވެ. އެއީ ދުރާލާ ހުއްދަ ހޯދަންޖެހޭ ކަންތައްތަކެއް ނޫނެވެ. އެހެންވީމާ މިފަދަ އެއްވެސް ރިކުއެސްޓަކަށް ޕްރޮފައިލް ބަދަލުކޮށް ނަހަދާށެވެ.

4. “ހޫ ވީވްޑް ޔުއާ ޕްރޮފައިލް” – ކޮންބައެއްތަ ޕްރޮފައިލް ބެލީ؟

އެއްވެސް ބޭފުޅަކަށް އެނގޭތޯ ޕްރޮފައިލް ބަލަނީ ކާކުކަން؟ މިކަން އެނގިދާނެއޭ ބުނުމުން ޤަބޫލު ކުރެވޭތޯ؟ އާއެކޭ ބުނެވޭނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ސަބަބަކީ 30 އިން ސައްތަ ސްކެމްތައް މި ބޭނުން ކުރަނީ މި އޮޅުވާލުމެވެ. މީ ބޮޑު އޮޅުވާލުމެކެވެ.
ޕްރޮފައި ބަލާމީހުން ޗެކްކުރެވޭނެ އެއްވެސް ގޮތެއް ފޭސްބުކްގައި ނޯއޮވެއެވެ. އަދި މިފަދަ އެޕްލިކޭޝަނެއް ނުވެސް ނެތެވެ. ފޭސްބުކުން މިކަން އަބަދުވެސް ކަށަވަރުކޮށްދެއެވެ. އެފަދަ އެއްޗެއް ފެންނައިރަށް ޑިލީޓް ކޮށްލާށެވެ. މިފަދަ އެއްވެސް އެއްޗެއް ޤަބޫލު ނުކުރާށެވެ. އެއީ މުޅިންވެސް ސްކެމް ނުވަތަ ވައިރަސް ތަކެވެ.

5.ނައިޖީރިއަން ސްކެމް:

މިވައްތަރުގެ ސްކެމް ތަކަކީ ފޭސްބުކުގައި ވަރަށް މަދު އެއްޗެކެވެ. ނަމަވެސް 419 “ނައިޖީރުއަން” ސްކެމްއާވެސް ދިމާވެއެވެ. މިކަން ފާހަގަ ވެގެން ދިޔައީ އެއްފަހަރަކު އޮސްޓްރިއާގެ މީހަކު ފޭކް ޕްރިންސް ހެރީ އަކަށް 38 ހާސް ޑޮލަރު ޚަރަދު ކުރެވިގެންނެވެ.

ހަޤީގަތަކީ އެއްވެސް ސެލެބްރިޓީއަކު އަހަރުމެނަކަށް ފްރެންޑް ރިކުއެސްޓް ނުފޮނުވާނެއެވެ. އަދި ފޮނުވިޔަސް އޭނަގެ ފަރާތުން ފައިސާ ލިބިދާނެ އެއްވެސް ފުރުސަތެއް ނޯއޮންނާނެއެވެ. އެމީހުން އަތުން ބައިވަރު ފައިސާ ލިބިދާނެ ކަމަށް ކަންތައްތަކަށް ޚަރަދު ނުކުރާށެވެ. މީ ވައިރެސް އެކެވެ. މީ އޮޅުވާލައިގެން ލާރިތަކެއް ހޯދާ ސްކެމަކެވެ.

މިމަޢުލޫމާތަކީ މުހިއްމު މަޢުލޫމާތެއް ކަމުގައި އުއްމީދު ކުރަމެވެ. އަދި ހުރިހާ ރައްޓެހިންނަށް މި މަޢުލޫމާތު ހިއްސާކުރާށެވެ. ފޭސްބުކުން ސަލާމަތްވެ އަމާންކަމާއެކު ފޭސްބުކް ބޭނުން ކުރާށެވެ. އަމިއްލައަށް ހެދޭ ޅައެއްޗަކުން ނުރައްކަލަކާ ކުރިމަތި ނުލެވޭ ތޯބަލާށެވެ. ފޭސްބުކް ބޭނުން ކުރާ އިރު ސަމާލުވާށެވެ.