English Edition
Dhivehi Edition
ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޟާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުން

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޟާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

މަޖިލީހުގެ މި ދައުރަށް އިންތިޚާބު ވެވަޑައިގެން 86 މެންބަރުން މެއި މަހުގެ 28 ގައި ހުވާކުރައްވާފައިވާއިރު، އިބްރާހީމް ރިޟާ އެވަގުތު އުމްރާއަކަށް ވަޑައިގެން ހުންނެވުމާއެކު އެދުވަހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއްނުގަނެއެވެ.

މި ބޭފުޅާއަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބުދުﷲ ދީދީއެވެ.

ރިޟާ ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަނެފައިވެއެވެ.