English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައި ފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަނިކުފާނު ފައިބާ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.

ނަރެންދުރަ މޯދީ އާއި އެކު ސަރުކާރުގެ 10 އޮފިޝަލުންނާއި އަދި ދަތުރުގެ ޓީމުގައި 100 މީހުން އަންނާކަމަށް ވެސް ޚަބަރު ލިބިފައެވެ.

ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތުމާއި އެކު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި މުހިއްމު ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ،އަދި ރައްޔިތުންގެ މަޖްލިސްގައި މިއަދު ތަޤްރީރު ކުރުންވެސް އޮނާނެނެއެވެ.

ރައީސުލް ޖުމްހޫރީއްޔާގެ ފަރާތުން ނިޝާން ޢިއްޒަތް ދީނުގެ ޝަރަފް އެރުވުން އޮންނާނެއެވެ. މިޝަރަފަކީ،ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮން ގާތްގުޅުމަށާއި، އަދި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން އެރުވޭ ޝަރަފެކެވެ.

ރައްޔިތުންގެ މަޖްލިސްގެ ރައީސް ، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ފުރަތަމަ ޤާނޫނު އަސާސީގެ ނަކަލުވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ޤާނޫނު އަސާސީއަކީ،1932 ވަނަ އަހަރު ގެ ޤާނޫން އަސާސީއެވެ.