English Edition
Dhivehi Edition
ފައިލްފޮޓޯ-- ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ--އެޑިޝަން އެމްވީ

އައްޑޫސިޓީ މީދޫ ގެއަކުން ދޫނިތަކެއް ވަގައްނަގައި ހުޅުދޫ މީހަކަށް ވިއްކަން އުޅެނިކޮށް، ފުލުހުން ދެ ވަގުން އަތުލައިގެންފިއެވެ.

އެގެއިން “އޭއޯނިއުސް” އާ ވާހަކަ ދެއްކި މީހާ ބުނީ، އެގޭގެ ގުރާ ކޮށިން ގުރާތަކެއް ވަގައްނަގާފައި ވާކަން އެނގުނީ ރޭ ގާތްގަނޑަކަށް 10:30 ހާއިރު އޭނާ ކާންހުއްޓާ ގުރައެއް އުދުހިގެން ގޮސް ގޭގެ ސިޓިންގް ރޫމަށް ވަނުމުން ގޮސް ކޮށިބެލުމުން ކަމަށެވެ. “އެވަގުތު އަރެމެން ގޮސް ކޮށިބެލި އިރު ތަޅުހުރީ ހަލާކުކޮށްފައި. ދޫނިތަކެއް މަދު ދެން އަވަހަށް ފޭސްބުކް ގައި ޖެހީ ދޫނިތަކެއް އެގެއިން ބަޔަކު ވަގަށް ނާގާފައިވާތީ އެންމެން ވެސް އެގަންނައިރު އެކަމާ ސަމާލުވުމަށް. ދެން އިރުކޮޅެއް ނުވެ މީހަކު ގުޅާފައި ބުނީ ބަޔަކު އެބައުޅޭ ހުޅުދޫ މީހަކަށް އެދޫނިތައް ވިއްކަން. ދެން އަހަރެމެން ދިޔައީ ފާރަލަމުން. އެއީ ރޭގެ ގާތްގަނޑަކަށް ދަންވަރު 12:32 ހާއިރު. ފާރަލަމުން ގޮސް ދޫނި ވިއްކަން ތިބި ގެއެނގުމުން ފުލުހުންނަށްވެސް ގުޅިން. އޭނާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން އޭނާ ބުނީ، ދޫނިވިއްކަން ހުޅުދޫގެއަކަށް ދިޔަ މީދޫ އަށް ނިސްބަތްވާ ދެވަގުން ކުރެ އެކަކު ހުޅުދޫއިން ހިފަހައްޓައި ސުވާލުކުރުމުން ފުރަތަމަ އެއްބަސް ނުވީނަމަވެސް ދެވަނަފަހަރު އެހުމުން އޭނާ އެގެއަށް ދިޔައީ ދޫނިވިއްކަން ކަމަށް އެއްބަސް ވެފައިވާކަމަށެވެ. އެވަގުތު އޭނާ ހިފަހައްޓައި ފުލުހުން އަންނަން ދެން މަޑުކުރި ކަމަށާއި އެހެންނަމަވެސް އޭނަ ދޫނިދައްކަން ކަމަށްބުނެ ވަލުތެރެއަށް ވަދެގެން ދިޔުމުން ފަހުން އޭނަ ހިފެހެއްޓެން ނެތުމުން ދޫކޮށްލީކަމަށެވެ. ދޫކޮށްލުމާއެކު އޭނަވަނީ ފިލާފައިކަމަށް ދޫނީގެ ވެރިފަރަތުން ބުންޏެވެ. ނަމަވެސް ފުލުހުންވަނީ މިދެމީހުން ހޯދަން މަސައްކަތްކޮށް މިދެމީހުން އަތުލައިގެންފައެވެ. މީގެ ތެރެއިން އެކަކު ފެނިފައިވަނީ ހުޅުދޫގެ އެހެން ގެއެއްގައި ފިލާއޮތްވައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދެވަނަމީހާ ފެނިފައިވަނީ މީދޫއިންނެވެ. ވަގަށްނެގިދޫނިތައް ވެސް ފުލުހުންވަނީ ހޯދައި މިހާރު ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ވެރިފަރާތުން ބުންޏެވެ.

އޭއޯނިއުސް އަށް މައުލޫމާތު ދެމުން ދޫނީގެ ވެރިފަރާތުން އިތުރަށްބުނީ، މިދެވަގުން ހުޅުދޫމީހާއަށް ދޫނިތައް ވިއްކަން ރޭވީ އިއްޔެރޭން ފެށިގެން އެމީހާގެ އަތުން އެޑްވާންސްއަށް 50ރ ނެގުމަށްފަހު ޖެހިގެން އައިދުވަހު ދޫނިތައްހަވާލުކުރާނެކަމަށް ބުނެކަމަށެވެ.

އޭނާ ބުނީ މިއީ އެގެއިން ދޫނި ވަގަށްނެގި ފުރަތަމަ ފަހަރުނޫންކަމަށާއި ދޭތެރެދޭތެރެއިން އެގެއިން ދޫނި ވަގަށްނަގާކަމަށެވެ. އަދި އެންމެ ކަންބޮޑުވަނީ ރަށުތެރޭގައި ވައްކަން އިންތިހާއަށް ގޮސްފައިވާއިރު ފުލުހުން ވަގުން ހިފެހެއްޓިނަމަވެސް ޖެހިގެން އަންނަދުވަހު އެމީހުން ދޫކޮށްލާތީ ކަމަށެވެ.

މިހާދިސާއާ ގުޅޭގޮތުން ހުޅުމީދޫ ޕޮލިސްޓޭޝަނުން އަދިވަނީ ބަހެއްލިބޭގޮތް ނުވެފައެވެ.