English Edition
Dhivehi Edition
08 ސެޕްޓެންބަރު 2017ގައި ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

ފަލަކީ ގޮތުން ބަލާނަމަ ޖޫން 4 ވާނީ ހިޖުރީ އާ މަހެއްގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ ހަނދުމަހުގެ އޮނަތިރީސް ވަނަ ދުވަހު އިރުއޮއްސޭއިރު ހަނދު ނޯއްސި ހުންނާނެކަން، ނުވަތަ ނޫންކަން އެއީ ފަލަކީ ހިސާބުން ކިތަންމެ ރަނގަޅަށްވެސް ބެލެން އޮންނަ ކަމެއް ކަމުގައެވެ. އެގޮތުން އިރު އޮއްސުމާއި ހަނދު އޮއްސުމާއި ދެމެދު ހުންނަ ވަގުތުކޮޅު ކުޑަކަމުން، ނުވަތަ ވިލާ ބޯޥުމުގެ ސަބަބުން ހަމަލޮލަށް ނުވަތަ ދުރުމިއަކަށްވެސް ނުފެނުން އެކަށިގެންވާ ކަމަށެވެ. އެހެންކަމުން މިހާރަކަށް އައިސް ބައެއް އިސްލާމީ ގައުމުތަކުން ހަނދު ފެނުމުގެ މައްސަލަ ނިންމަނީ ފަލަކީ ހިސާބުން ދައްކާ ގޮތެއްގެ މަތިން ކަމަށް މައުމޫނު ވިދާޅުވިއެވެ.

އެހެންކަމުން މި ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހެއް ކަމަށާއި މިއަހަރުގެ ފިޠުރު ޢީދު ދުވަސް ވާނީ ކަަލަންޑަރުގައި ވާފަދައިން ޖޫން 4 ވާ އަންގާރަ ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ.