English Edition
Dhivehi Edition

މިރޭ ކުޅެން ހަމަޖެހިފައޮތް ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލްކަޕުގެ ސެމީފައިނަލް ދެ މެޗު ވިއްސާރަވުމުގެ އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

ގޯދިއްޔާއިން ވިދާޅުވީ މި މެޗުތައް ދެން ކުޅޭނީ ޖޫން އެއްވަނަ ދުވަހުގެ ރޭ ކަމަށެވެ. ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، އެފްސީ ބޭރުމައްޗެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސާއި ފްރެންޑްސް ކުލަބެވެ.

ފުރަތަމަ މެޗު ކުޅޭނީ 10:00 ގައެވެ. ދެވަނަ މެޗު ކުޅޭނީ 11:00 ގައެވެ.