English Edition
Dhivehi Edition

ހަފްތާއަކު ދެފަހަރު ރައްޔިތުންގެ މަޖިލީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ނޫސްވެރިންނަށް މައުލޫމާތުދޭން ނިންމާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިއުޝާ ވިދާޅުވެއްޖެއެވެ.

ނަވާރަ ވަނަ މަޖިލިހުގެ މިއަދުގެ ޖަލްސާ ނިއްމަވާ ލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ލިއުޝާ ވިދާޅުވެލެއްވީ މިއީ، މަަޖްލިހުގެ ރައީސް މުޙައްމަދު ނަޝީދާއި އަދި ނައިބްރައީސް އީވާ ޢަބުދުﷲގެ އެދިލެއްވުމަށް ނިއްމެވިނިއްމެވުމަށް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގައި ހިނގާ މުހިއްމު އެކި އެކި ކަންކަން މި ނޫސްވެރިންގެ ބައްދަލުވުންތައް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރައްވާނެކަމަށްވެސް ލިއުޝާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުގެ ޖަލްސާގެ ކުރު ޚުލާސާއެއްވަނީ ނޫސްވެރިންނާއި ޙިއްޞާކޮށްފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަޖިލިހުގައި ތަޤްރީރު ކުރެއްވުމުގެ ރުހުން މަޖިލހުން ފާސްކޮށްފައިވާ ކަމާއި، އަދި މަޖިލިސް މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް މެމްބަރަކު ފާސްކުރެވުނުކަން ފާހަނގަ ކުރެއްވިއެވެ. އަދި މަޖިލީހުގެ ގަވާއިދު، 30 ދުވަސް ތެރޭ އިސްލާހުކުރުމަށްޓަކައި، މިއަދުގެ ޖަލްސާގައި ހުށަހަޅައި 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވައި ލެވުނުކަމަށް ވިދާޅުވެލެއްވިއެވެ.