English Edition
Dhivehi Edition

ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕް ސެމީގެ ތިންވަނަ ޖާގަ ޔަންގްވަންސް ހޯދައިފިއެވެ.

އެޓީމުން ސެމީގެ ޖާގައެއް މިހޯދީ މަރަދޫ ވެންބޮޅޮ ފިށި ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓަރފައިނަލްގެ ތިންވަނަ މެޗު 2-0 އިން މާކަރީ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ޔަންގްވަންސްގެ ދެ ލަނޑު ޖަހައިފައިވަނީ މެޗުގެ ފަހު ހާފުގައެވެ. ދެ ލަނޑު ޖަހައި ދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރ 11 ޙުސައިފަތު ރަޝީދާއި، ޖާޒީ ނަމްބަރ 9 އިސްމާޢީލް މުނީޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

ސެމީގެ ފަހު ޖާގައަށް ކަށަވަރު ކުރުމަށް ނުކުންނާނީ އެފްސީ ސްކޫޕް ކަންމައްޗާއި ފްރެންޑްސް ކުލަބެވެ. މިމެޗު ކުޑައިރު ކޮޅެއްގެ ތެރޭގައި ފެށޭނެއެވެ.

މިހާތަނަށް ސެމީން ފުރުސަތު ހޯދައިފައިވަނީ ޔަންގްވަންސް، އެފްސީ ޒެފިއާ، އެފްސީ ބޭރުމައްޗެވެ.