English Edition
Dhivehi Edition

ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕްގެ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުން މޮޅުވެ މުބާރާތުގެ ސެމީގެ ދެވަނަ ޖާގަ އެފްސީ ޒެފިއާ ހޯދައިފިއެވެ.

އެޓީމުގެ ސެމީގެ ދެވަނަޖާގަ މި ހޯދީ ކުލަބު ސްކަވެންޖާސް އާ ބައްދަލު ކޮށް 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުލަބު ސްކަވެންޖާސް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްކަވެންޖާސް ލީޑުގައި އޮވެގެންނެވެ. ފަހު ހާފު ފަށައިގެން ދެޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ އިތުރު ލަނޑެއް ޖެހުމަށެވެ. އެހެންނަމަވެސް ޒެފިއާ ވަނީ ސްކަވެންޖާސްއަށް ލީޑު ނެގުމުގެ ފުރުސަތު ނުދީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ޖަހައިދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި ޒެފިއާގެ ޖާޒީ ނަމްބަރ 30 ޙަސަން ރާއިފް އަޙުމަދެވެ. މި މެޗުން ޒެފިއާ މޮޅުވި ލަނޑު މެޗުގެ ފަހުވަގުތު ކާމިޔާބު ކޮށްދިނީ ވެސް އޭނާއެވެ. ސްކަވެންޖާސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޢަލީ ޟިރުޣާމެވެ.

މާދަމާރޭ ވެސް މި މުބާރާތުގެ ކުއާޓަރފައިލަންގެ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސާއި، މާކަރީ ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި، އެފްސީ ސްކޫޕް ކަންމަތިއެވެ.