English Edition
Dhivehi Edition

އާއްމު ގޮތެއްގައި އަހަރުމެން އެންމެންވެސް ކުރާ ޝަކުވާއަކީ އެކިއެކި ކަންކަމާއި ގުޅިގެން ނިދާލެވޭ ވަގުތު މަދު ކަމުގެ ޝަކުވާއެވެ. ފޯނު، ޓީވީ، އަދި މަގުމަތީ ބޮކި ތަކުގެ ސަބަބުން އަހަރުމެންގެ ނިދި މަހުރޫމު ވާކަމަށް ޝަކުވާ ކުރެވެއެވެ. މިއާއި އެކު ސިނކުޑީގެ ބަލިތަކާއި ފަލަވުމާއި އަދި އިންސޮމްނިއާ ފަދަ ބަލިތައް ގިނަވެއެވެ. ޚާއްސަކޮށް މިކަން އެންމެ ބޮޑަށް ދިމާވަނީ ދުނިޔޭގެ ހުޅަނގު ބިތުގެ މީހުންނަށެވެ.

ގިނަ ދިވެހީންގެ ހާލަތަކީވެސް މިއެވެ. ނަމަވެސް ވަރަށް ފަހުން ކުރެވުނު ދިރާސާތަކުން ހާމަވާގޮތުގައި ކުރީޒަމާނުގައި ޝިކާރަކޮށް ކާނާ އެއްކޮށްގެން އުޅުނު ކާބަފައިންގެ ނިދުމުގެ ވަގުތު އަހަރުމެންގެ މިޒަމާނުގެ ނިދުމުގެ ވަގުތައްވުރެ މަދެވެ. އެޒަމާނުގަ ފޯނާއި ކޮންޕިއުޓަރާއި މިޒާތުގެ އެއްވެސް ވަސީލަތެއް ނެތެވެ.

aaaaaaaރަނގަޅު ސިއްޙަތެއްގައި ހުރުމަށް ރެއާއި ދުވާލުގެ ތެރެއިން 9-7 ގަޑީގެ ނިދުން ބޭނުންވާކަމަށް އަބަދުވެސް ސިއްޙީދާއިރާގެ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ. ހޯދިފައިވާ ހޯދުން ތަކުން އެގޭ ގޮތުގައި އެޒަމާނުގެ މީހުން އާއްމު ގޮތެއްގައި ނިދުމުގެ ގަޑިތައް ބަހާލާފައިވަނީ ދެ ދަންފަޅި އަކަށެވެ. އެއީ އިރުއޮއްސުމުން ގާތްގަނޑަކަށް 4 ގަޑިއިރު ނިދުމަށްފަހު ތެދުވެ ކިޔެވުމާއި، އަޅުކަން ކުރުމާއި އަދި އަނބިފިރި ގުޅުން ހިންގުމެވެ. އޭގެ ފަހުން އަނެއްކާވެސް ދެގަޑިއެއްހާ އިރު ނިދާލުމަށްފަހު އިރު އެރުމުގެ ކުރިން ހޭލަނީއެވެ. މިއީ އެޒަމާނުން މީހުންގެ ނިދުމުގެ އާއްމު އުސޫލު ހުންނަގޮތެވެ. މި އުސޫލަށް ބަދަލު އަންނަން ފަށާފައިވަނީ “އިންޑަސްޓްރިއަލް ރިވޮލޫޝަން” އައުމާއެކުއެވެ. މިއާއި ބަދަލާއެކު ނިދުމުގެ ގަޑި ދިގުދެމި 8 ގަޑިއިރަށް ބަދަލުވެގެން އައެވެ.

aaaaaaaaމިހޯދުންތައް އިތުރަށް ދިރާސާ ކުރުމަށް ކަމުގެ މާހިރުން އެމީހުންގެ ދިރާސާތައް އެއަށްވުރެ ކުރީޒަމާނަށް މިސްރާބު ފޮނުވާލިއެވެ. މިކަމުގެ ޓެސްޓެއް ހެދުމަށް އެމީހުން 98 މީހަކު ޚިޔާރު ކުރިއެވެ. މިމީހުންނަކީ މުޅިންވެސް ޝިކާރަކޮށް ކާބޯތަކެތި އެއްކޮށް ދިރިއުޅެމުން އަންނަ މީހުންނެވެ. އެމީހުން ހޮވާލާފައިވަނީ ޓެންޒޭނިއާގެ “ހަޑްޒާ” ގަބީލާގެ ރަށްވެހިންނާއި، ނެމީބިއާގެ “ސޭން” ގެ މީހުންނާއި އަދި ބޮލީވިއާގެ “ސިނޭމް” ގަބީލާގެ މީހުންނެވެ. ދިރާސާ ކުރާމީހުންނަށް އެގިގެން ދިޔައީ މި ތިން ކަބީލާގެ މީހުންވެސް އެވްރެޖް ގޮތެއްގައި މުޅިއެކު ނިދާފައިވަނީ ރޭގަނޑު 6.5 ގަޑިއިރު ކަމެވެ.

“ކަރެންޓް ބައޮލޮޖީ” ގެ ކޯއޯތާ ޖެރޯމް ސީގެލް ޝާއިއު ކޮށްފައިވާ ރިޕޯޓިގައި ބުނާގޮތުން މިހާރަކަށް އައިސް ގިނަ މީހުން ނިދި ލިބިގަތުމަށް ބޭސްވެސް ބޭނުންކުރެއެވެ. ހަގީގަތުގަ ނިދަން މިޖެހެނީ ރޭގަނޑުއެވެ. ނަމަވެސް ޓީވީ، ސޯޝަލް މީޑިއާ އަދި ރޭގަނޑުގެ އަލި ގަދަ ދިއްލުން ތަކުން ނިދި ހަލާކު ވަނީއެވެ.

އެމީހުން ދިރާސަކޮށްފައިވާ ގަބީލާ ތަކުގެ މީހުން އިރުއޮއްސުމުން ގާތްގަނޑަކަށް 3.3 ގަޑިއިރު ތެރޭ ނިދައެވެ. އެއްވެސް އަލިކަމެއް ނެތިއެވެ. ފިނީގެ ސަބަބުން ރޯކޮށްފައި ހުންނަ އަލިފާނުގެ އިތުރު އެއްވެސް އަލިކަމެއް ނުހުރައެވެ. އެހުރިހާ މީހުންވެސް ހެންދުނު އިރު އެރުމުގެ ކުރިން ހޭލާ އަނެއްދުވަހުގެ މަސައްކަތައް ތައްޔާރުވެގަނެއެވެ.

aaaaaaaaa

އެގަބީލާތަކުގެ މީހުންނަކީ މިޒަމާނުގެ އެއްވެސް ވަސީލަތަކަށް ލޯހުޅިވިފައިވާ ބައެއް ނޫނެވެ. އަދި މިތިން ގަބީލާގެ މީހުންނަކީ އެއްވެސް ވަރަކަށް އެއްބަޔަކު އަނެއްބަޔަކާއި އެއްވެސް ގޮތަކުން ގުޅުން އޮތްބައެއްވެސް ނޫނެވެ. ނަމަވެސް ނިދުމުގެ ވައްޓަފާޅި އެއްގޮތެވެ. ދިރާސާ ކުރާމީހުންނަށް ފާހަގަ ކުރެވުނު އަނެއްކަމަކީ އެމީހުން މަސައްކަތުގައި ވަރުބަލިކަމެއް ނުހުރެއެވެ. އަދި އެއްވެސް ހާލެއްގައި ކަމަކާއި ޝަކުވާ ކުރުމެއްވެސް ނޮއޮވެއެވެ.

Teenage girl lying in bed, open bottle of pills in foreground

މިހޯދުން ތަކުން އެގޭގޮތުގައި މިޒަމާނުގައި ނިދުމުގައި ދިމާވާ ހުރިހާ އުނދަގުލެއް ކުރިމަތި ވަނީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ހުރިހާ ވަސީލަތެއްގެ ތެރޭ އުޅެން ޖެހުމުންނެވެ. ޖެރޯން ބުނާގޮތުގައި ނިދީގެ މައްސަލަ ދިމާވާ މީހުންނަށް އެންމެ ފަސޭހައިން ފަރުވާ ދެވޭނީ މިފަދަ ގޮތަކަށް ނިދުމުގެ ވައްޓަފާޅި ބަދަލު ކޮށްގެންނެވެ. ނަމަވެސް މިކަން ހައްލު ކުރެވޭނީ މުޅި މުޖުތަމަޢު މިގޮތަށް ބަދަލު ވެގެންނެވެ. އެކަކު އެކަނި މިކަމެއް ނުކުރެވޭނެއެވެ. ބޭސް ކައިގެން ނިދާ ނިދުމުގައި މާބޮޑު އަރާމެއް ސިކުނޑިއަކަށް ނުލިބޭނެކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެ އިތުރުން ބޭސް ބޭނުން ކުރާ މީހުންގެ ސިއްހަތަށް ކުރިމަތި ވާނީ އިތުރު މައްސަލަތަކެވެ.

ކާބަފައިން އެޒަމާނުގައި ރޭގަނޑުގެ ވަގުތު ހޭދަކޮށްފައިވާ ގޮތަށް ބަދަލުވާން އެބަޖެއެވެ. ސިއްޙީ ގޮތުން ރަނގަޅު މުޖުތަމަޢުއެއް ގާއިމު ކުރެވޭނީ މިގޮތަށް އަހަރުމެންގެ އާދަ ބަދަލު ކޮށްގެންނެވެ. މަސައްކަތުގެ މާހައުލުގައި ޝަކުވާ ކުރުމެއްނެތި ރަގަޅު ވެއްޓެއް ގާއިމު ކުރެވޭނީ މިއުސޫލު އިއާދަ ކޮށްގެންނެވެ.