English Edition
Dhivehi Edition
Upset young couple having marital problems or a disagreement lying side by side in bed facing in opposite directions ignoring one another. Interracial couple, Asian woman, Caucasian man.

ޔަގީނުން ވެސް ކައިވެންޏަކާ ހަމައަށް ދެ މީހަކު ދާނީ މުޅި އުމުރަށް އެކުގައި އުޅެން ބޭނުންވެގެންނެވެ. އެކުގައި އުފަލާއި ހިތްހަޖެހުމާއި ލޯތްބާ އެކު އުޅުމަށެވެ. އެހެން ނަމަވެސް ކައިވެންޏަށް ފަހު ވަރަށް ގިނަ ބައެއްގެ ގުޅުމަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް ކުރިމަތި ކުރުވާން ތަން ފެނެ އެވެ. ބައެއް ފަހަރަށް އަންހެންވެރިންގެ ޝަކުވާއަކީ ރައްޓެހިވެގެން އުޅުނު އިރާ އަޅާ ބަލާފައި، ކައިވެންޏަށް ފަހު ފިރިމީހާ އަށް އޭނާ އަށް ވަގުތު ނުދެވޭ މައްސަލަ އެވެ. އެއީ ބޮޑު ޝަކުވާއަކަށްވެ އެވެ.

އެކިގައި ހޭދަ ކުރަން ލިބޭ ވަގުތުތައް މަދުވެ، ދެ މީހުންގެ މެދުގައި އޮންނަ ލޯތްބަށް ވެސް ބުރޫ އަރާ ފަހަރު އާދެ އެވެ. މީގެ ސަބަބުން ބޭވަފާތެރިވުމާއި ކައިވެނި ރޫޅިދާނެ ފަދަ މައްސަތަކާ ކުރިމަތިލާން ޖެހެ އެވެ.

ތަޖުރިބާރުން ބުނާ ގޮތުގައި ފިރިހެނުން ހިފަހެއްޓުމަކީ އަންހެނުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މާނައަކީ ފިރިމީހާ މުޅި އުމުރަށް ތިމާގެ “ކޮންޓްރޯލް” ގެ ދަށުގައި ބެހެއްޓުމަކީ އަނބިމީހާ އަށް ކުރަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ހާއްސަކޮށް ދަރިން ލިބުމަށް ފަހު އެވެ. މި ސަބަބާ ހުރެ ފިރިން އެހެން ގޯޅިތައް އަޅަން ފަށަ އެވެ. ހިލޭ އަންހެނުންނާ އެކު ވަގުތުތައް ހޭދަކޮށް، އުފާ ހޯދަ އެވެ. ހާއްސަކޮށް ޖިންސީ އުފާ އެވެ.

fghn (2)ތަޖުރިބާކާރު ބުނަނީ އަނބިމީހާގެ ބަދަލުގައި ފިރިން އެފަދަ އުފާތައް ލިބިގަންނަނީ މައިގަނޑު ފަސް ސަބަބަކާ ހެދި ކަމަށެވެ.’

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ތަޖުރިބާ ކުރުމުގެ ޝައުގުވެރިކަން ފިރިހެނުން މާ ބޮޑަށް ވެސް ބޭނުންވުމެވެ. އަބަދު އެކައްޗެއް ކާ ނަމަ ފޫހިވާ އުސޫލުން، އަނބިމީހާ އާ ނޫން މީހަކާ އެކު ގުޅުން ބޭއްވުމުގެ ޝައުގުވެރިކަން ފިރިހެނުންގެ ހިތުގައި އުފެދެ އެވެ. ތިމާގެ އަނބިމީހާ ނޫން މީހަކު ތަޖުރިބާކޮށްލުން އެއީ އޭގެ ތެރެއިން އެންމެ މައިގަނޑު އެއް ސަބަބެވެ.

ދެވަނަ ކަމަކަށް ބަލާ އިރު ހަމަ ފޫހިވުމުގެ މައްސަލަ އެބަ ކުރިމަތި ކުރުވަ އެވެ. ފެންނަނީ އަބަދު އެކައްޗެއް ނަމަ، އާ އެއްޗެއް ބަލާލުމުގެ ޝައުގުވެރިކަން ބޮޑުވެ އެވެ. އަބަދު ކޮޓަރި ތެރޭގައި އުޅެވެނީ “އެއްްގޮތަކަށް” ކަމަށްވާ ނަމަ، އެ ނޫން ގޮތަކަށް މަޖާކޮށްލަން ފިރިހެނުން ބޭނުންވެ އެވެ.

Love conflict

ކައިވެންޏަށް ފަހު، ދުވަސްކޮޅަކުން އަނބިމީހާ ދެކެ ފިރިހީމާ އެހާ ޝައުގުވެރި ނުވާ ތަން އާދެ އެވެ. މީގެ ސަބަބުން ދެ މީހުންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވެ، ލޯތްބަށް އަސަރު ކުރެ އެވެ. އެހެންވެ އަނބިމީހާ އެކު ޖިންސީ އުފާ ހޯދަން ފިރިމީހާގެ ހިތްކެނޑެ އެވެ. އެ ނޫން އިތުރު ގޮތެއް ހޯދަން ހިތް އެދެ އެވެ.

ފިރިހެނުންނަކީ އެ މީހުންގެ “ފިރިހެންވަންތަކަން” އަބަދު ވެސް ދައްކާލަން ބޭނުންވާ ބައެކެވެ. އެހެންވެ ތިމާގެ ކާމިޔާބުކަމާއި ކުޅަދާނަކަން ސާބިތުކޮށް ދިނުމުގެ ގޮތުން ވެސް ބައެއް ފިރިހެނުން ހިލޭ އަންހެނުން ގާތަށް ގޮސް އުފާ ހޯދަން ބޭނުންވެ އެވެ.

ޖިންސީ އުފާ ނެތުމަކީ ހަޔާތުގައި އުފަލެއް ނެތުން ކަމަށް ދެކޭ ފިރިހެނުން ބައިވަރެވެ. އެހެންވެ ތިމާގެ ޖިންސީ ބާރުވެރިކަމާއި ކުޅަދާނަ ކަމާއި ގާބިލްކަން ދެއްކުމުގެ ގޮތުން ވެސް އިތުރު ދިމަދިމާ އަށް ދިއުމަށް ހިތް ޖައްސަ އެވެ. އެކަން އެގޮތަށް ނުވާ ނަމަ ތިމާއަކީ މާ ބަލިކަށި މީހެއްގެ އިހުސާސް ބައެއް ފިރިހެނުންނަށް ކުރެ އެވެ.

3 ކޮމެންޓް
Nubunaanan
މެއި 22, 2021
Mee yageenun ves anhenaku liyefa vaa articleh.... Hurihaa firihenun eggotheh nuvaane... Thikan thigothah kuranre varah goi kuda meehu thank u
Me
އޭޕްރީލް 5, 2021
Mee ekamah Hivvaru dhyfa oiy liumakaa bodah vahthary...emme faharakuves nubai kan kamun dhuruvaan naseyhai dhyfa eba oiy tha ..neh.. balaa kaafaru film thah belumun dhuruvaashey eba oiy tha ..neh..beykaaru liumeh..hama ekani noohuga bunan beynun vefa othy firehenun komme hen ves ehen ulhechey hadhaan koh..dhw
އަހްމަދު
އޭޕްރީލް 5, 2021
މިހާރަކަށް އައިސް ތިޔަޒާތުގެ ކަންކަން ގިނަވަނީ ފާޑުފާޑުގެ ފިލްމުތަކާއި ވީޑިއޯތައް ބަލާތީ. ދީނީ ނަޒަރުން އެއްމެރައުޔެއް ހިމަނާލި ނަމަދޯ.