English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އިންތިޚާބު ކުރަން އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގަތް 40 އަށް ވުރެ ގިނަ ބޭފުޅުން ތާއީދު ކުރައްވާ ކަމަށް ވިލުފުށީ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ރޭ ވިދާޅުވެއްޖެ އެވެ.

އަފީފް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 ބޭފުޅުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މެމްބަރުން އެ އަފީފްއަށް ތާއިދުކުރައްވާކަމަށެވެ.

މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު އަލަށް އިންތިހާބުވި މަޖިލީސް މެމްބަރުން ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭގައެވެ. އެ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީގެ އިން މަޖިލީހުގެ ރައީސްއަކަށް ހޮވާނެ މެމްބަރަކާއި މެދު ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.

އަފީފް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 ބޭފުޅުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މެމްބަރުން އެ އަފީފްއަށް ތާއިދުކުރައްވާކަމަށެވެ.

މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އަފީފްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. މި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަސްލަމްއަށް ތާއިދުކުރައްވާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ އެ މަގާމަށް އެންމެ އެކަށީގެންވާ މެމްބަރަކީ އަފީފްކަމުގައި ވިދާޅުވެފައެވެ.